ޕްރަބާސްއާއި އެކު ބޮލީވުޑްގެ ކުޅަދާނަ ބަތަލާ “ޝްރައްދާ ކަޕޫރު” ލީޑް ރޯލުން ފެންނަ ފިލްމް "ސާހޯ" އިއްޔެ ސިނަމާތަކުގައި ރިލީޒްކޮށްފައިވާއިރު، ފިލްމް އެޅުވިތާ ކުޑަ ވަގުތުކޮޅެއްތެރޭ ފިލްމް އޮންލައިންކޮށް ލީކް ކޮށްލައިފިއެވެ.
މިއަހަރު ގިނަ ބަޔަކު އެންމެ އިންތިޒާރުކުރަމުން ދިޔަ އެއްފިލްމް "ސާހޯ" އަކީ 350 ކްރޯޑް ރުޕީސްގެ ބަޖެޓަކުން އުފައްދާފައިވައި ފިލްމެކެވެ.
މި ފިލްމް ލީކް ކޮށްލުމާއު ގުޅިގެން ފިލްމްގެ ލީޑް އެކްޓަރ ޝްރަދާ ވަނީ ފިލްމް ސިނަމާއަށް ގޮސް ބެލުމަށް ފޭނުންގާތު އެދިފައެވެ. އަދި މިގޮތަށް ލީކް ކުރާ ފިލްމްތަކުގެ މައުލޫމާތު ރިޕޯޓު ކުރުމަށްވެސް ވަނީ އެދިފައެވެ.
"ސާހޯ" ރިލީޒްކުރިތާ އެންމެ ދުވަހަކަށް ވެފައިވާއިރު އާއްމުންގެ ފަރާތުން ފިލްމަށް ބޮޑު ތަރުޙީބެއް އަންނަނީ ލިބެމުންނެވެ.
ފަހަކަށްއައިސް ބޮލީވުޑްގެ ފިލްމްތައް އަޅުވާތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ފިލްމް އޮންލައިންކޮށް ލީކް ކުރުން މިވަނީ ވަރަށް އާއްމުކަމަކަށްވެފައެވެ. އެގޮތުން ކަންގަނާގެ އެންމެ ފަހުގެ ފިލްމް "ޖަޖްމެންޓަލް ހޭ ކިޔާ" އަދި ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި "ބަތްލާ ހައުސް" ވެސް ވަނީފާފިފަހުން ލީކް ކޮށްލައިފައެވެ.
"ސާހޯ" އަކީ 2017 ވަނަ އަހަރު ރިލީޒް ކުރި “ބާހްބަލީ: ދަ ކޮންކްލޫޝަން” އަށް ފަހު ޕްރަބާސް ސްކްރީނަށް އަންނަ ފުރަތަމަ ފިލްމެވެ.
ތެލެތޫ ޑައިރެކްޓަރ “ސުޖީތު”ގެ ވާހަކައެއްގެ މައްޗަށް އޭނާ ޑައިރެކްޓްވެސް ކޮށްފައިވާ މި ފިލްމް، ހިންދީ، ތެލުގޫ އަދި ޓެމިލް ބަހުންވެސް ވަނީ ރިލީޒްކޮށްފައެވެ.




