އެންއާރުސީ ލިސްޓާއެކު 1.9 މިލިއަން އިންޑިއާ މީހުންގެ ރައްވެހިކަން ގެއްލިއްޖެ

އިންޑިއާ ސަރުކާރުން އެކުލަވާލި ނޭޝަނަލް ރެޖިސްޓަރ އޮފް ސިޓިޒެންސް (އެންއާރުސީ) ލިސްޓާއެކު އައްސާމް ސުޓޭޓުގެ ގާތްގަނޑަކަށް 1.9 މިލިއަން މީހުންގެ ރައްވެހިކަން ގެއްލިއްޖެއެވެ.

އެންއާރުސީ ލިސްޓަކީ 24 މާރޗް 1971 ގެ ކުރިން އައްސާމް ސުޓޭޓުގައި ދިރިއުޅުނުކަން ސާބިތުކޮށްދެވުނު މީހުންގެ ނަންތައް ހިމަނައިގެން އެކުލަވައިލައިފަވާ ލިސްޓެކެވެ. މި ތާރީހުގެ ފަހުން އެ ސުޓޭޓަށް އެތެރެވެފައިވާ މީހުންނަކީ ގަވާއިދާ ހިލާފަށް އިންޑިއާއަށް އެތެރެވެފައިވާ މީހުންކަމަށް އިންޑިއާ ސަރުކާރުން މިހާރުވަނީ ނިންމައިފައެވެ.

ޕާކިސްތާނުގެ އަތުން ބަނގުލަދޭޝް މިނިވަންވެފައިވަނީ 26 މާރޗް 1971 ވަނަ އަހަރު އެވެ. އިންޑިއާ ސަރުކާރުން ގަބޫލުކުރާ ގޮތުގައި އައްސާމަށް ގިނަ އަދަދެއްގެ ބަނގުލަދޭޝް ރައްޔިތުންވަނީ ގަވާއިދާ ހިލާފަށް ހިޖުރަކޮށްފައެވެ.

އެންއާރުސީ ލިސްޓުގައި ނުހިމެނޭ ފަރާތްތައް އެމައްސަލަ ކޯޓުތަކުގައި ޖެއްސުމަށް 120 ދުވަހުގެ މުއްދަތެއް ދީފައި ވެއެވެ.

އައްސާމް ސުޓޭޓުގެ 32 މިލިއަން މީހުންގެ އާބާދީގެ ތެރެއިން ތިންބައިކުޅަ އެއްބަޔަކީ މުސްލިމުންނެވެ. އަދި މިއީ ޖައްމު އެންޑް ކަޝްމީރަށްފަހު މުސްލިމުން އެންމެ ގިނަ އިންޑިއާގެ ސުޓޭޓެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ