ރާއްޖޭގައި ހިންގާފައިވާ ބޮޑެތި ބައެއް މައްސަލަތައް ގުޅިފައި ވަނީ ދީނީ ހަރުކަށި "ޖިހާދީ ފިކުރު"ގެ ގްރޫޕަކާ ކަމަށް، މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދޫ ވިދާޅުވެއްޖެއެވެ.
މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދޫ މިކަން ހާމަކުރެއްވީ މިހާރު ކުރިއަށްދާ އެކޮމިޝަނުގެ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ސުޢޫދު ވިދާޅުވީ، މިނިވަން ފިކުރުގެ މީހުން މާލޭ އާޓިފިޝަލް ބީޗްގައި ބޭއްވި ހިމޭން މުޒާހަރާއަކަށް، ހަރުކަށި ފިކުރުގެ މީހުން 2011 ޑިސެމްބަރު 10 ވަނަ ދުވަހު ކުރިމަތިލާފައިވާ ކަމަށެވެ. އެ ހަމަލާގައި އެ އެއްވުން ރޭވުމުގައި އިސްކޮށް އުޅުނު ހިއްލަތުގެ ބޯފަޅާލާފައިވާ ކަމަށެވެ.
އެ އެއްވުމުގައި އިސްކޮށް އުޅުނު އައިމިނަތު ސުލްޠާނާއަށް ލިބެމުންދިޔަ އިންޒާރުތަކުން ރައްކާތެރިކަން ހޯދުމަށް އޭނާ ރާއްޖެ ދޫކޮށް ގޮސްފައިވާ ކަމަށާއި، އެ މައްސަލަތައް ފުލުހުންނަށް ހުށަހެޅި ނަމަވެސް ބަލާފައި ނުވާކަމަށް ސުޢޫދު ވިދާޅުވިއެވެ.
ސުޢޫދު ވިދާޅުވީ، މިނިވަން ފިކުރާއި، ހަރުކަށި ފިކުރުގެ ހަނގުރާމަ ފުރަތަމަ ފެށިގެން ދިޔައީ މީސް މީޑިއާއާއި، ބްލޮގްތަކުގައި އާއި، މައުލޫމާތު ފެތުރުމުގެ އެހެނިހެން ވަސީލަތްތައް މެދުވިކޮށް ނަމަވެސް، މިކަން ހޫނުވެ މިނިވަން ފިކުރުގެ މީހުން މެރުމާއި ހަމައަށް މިހަމަނުޖުން ދިޔައީ ކަމަށެވެ.
މި ހަމަނުޖެހުންތައް ބަދަލުވެ ޢަމަލީ ކުރިމަތިލުން ފެށުނީ 2010 ގައި ބޭއްވި އެއްވުމަށް ހަމަލާދިން ހިސާބުން ކަމަށް ސުޢޫދު ވިދާޅުވިއެވެ. އަދި އެއަށްފަހު ހަރުކަށީ ފިކުރުގެ ޖިހާދީ ޖަމާއަތުން ދީނަށް ފުރައްސާރަ ކުރާ ފަރާތްތަކުގެ ލިސްޓެއް ހެދި ކަަމަށާއި، އޭގައި ހިމެނޭ ފަރާތްތައް "ދުއްވާލާނެ" ކަމަށް ބުނެ މަރުގެ އިންޒާރު ދެމުން ދިޔަ ކަމަށް ސުޢޫދު ވިދާޅުވިއެވެ.
ސުޢޫދު އިތުރަށް ވިދާޅުވީ، ޖިހާދީ ފިކުރުގެ ހަރުކަށި ޖަމާއަތުން ރާއްޖޭގައި އެކި ފަހަރުމަތިން މިނިވަން ފިކުރުގެ މީހުން ކިޑްނެޕްކޮށް އަނިޔާކޮށްފައިވާ ކަމަށާއި، އެގޮތުން 2014 ވަނަ އަހަރު "ކަލަރލެސް ފޭސްބުކް ގްރޫޕްގެ އެޑްމިން" އާއި އޭގެ ފަހުން އިތުރު މީހުންވެސް ކިޑްނެޕްކޮށްފައިވާކަން ތަޙްޤީޤަށް ހާމަވެފައިވާ ކަމަށެވެ.
ރާއްޖެއިން ބޭރުގައި ހިނގާ ދާޚިލީ ހަނގުރާތަމަށް މީހުން ރެކްރޫޓް ކުރުމުގައިވެސް ހަރަކާތްތެރިވަނީ މި ގުރޫޕް ކަމަށާއި، އެ ގުރޫޕްގެ ރެކްރޫޓް ކުރުމުގެ މައިގަނޑު މަސައްކަތްތައް ހިނގަނީ މާލޭގެ ނޫރު މިސްކިތާއި، ފުރުޣާން މިސްކިތް ސަރަހައްދުގައި ކަމަށް ސުޢޫދު ވިދާޅުވިއެވެ.
މިގޮތުން ބޮޑަށް އަމާޒު ހިފަނީ މަޑުން ތިބޭ އަޙްލާޤު ރަނގަޅު ކަމަށް ފެންނަ ކުދިންނަށް ކަމަށާއި، ދީނީ ފިކުރާއި ކުޅެ، ޖިހާދީ ވީޑިއޯ ދައްކައިގެން މަގު އޮޅުވާލައިގެން މީހުން ރެކްރޫޓްކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ގުރޫޕްގެ މަސައްކަތްތައް ހިނގާ ގޮތުގެ ވަރަށް ބޮޑެތި ތަފްސީލުތައްވެސް ސުޢޫދު ވަނީ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހިއްސާކުރައްވާފައެވެ.
2 Responses
Minivan fikurey bunumuga badaluga Almaanee” nuvatha” Athiest fikuruge meehunney buninama maaragalhuvees noontho?
Alhe meehaku ajaibu nuvaane. Thafseel anna komme faharaku eki article ge gothuga nuliye ey habarakah continue kohbala