އެސްބީއައި ސަރަހައްދު - ފޮޓޯ: މިހާރު

މިފަހުން ހިނގި ބޮޑެތި ވައްކަންތައް ގުޅިފައިވަނީ އައިއެސްއަށް ބައިއަތު ހިފާފައިވާ ގުރޫޕަކަށް - ސުޢޫދު

މިފަހުން ދިވެހިރާއްޖޭގައި ހިނގި ބޮޑެތި ވައްކަންތައް ގުޅިފައިވަނީ ރާއްޖޭގައި ހަރަކާތްތެރިވާ އައިއެސްއަށް ބައިއަތު ހިފާފައިވާ ގުރޫޕަކާ ކަމަށް މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދޫ ވިދާޅުވެއްޖެއެވެ.

މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދޫ މިކަން ހާމަކުރެއްވީ މިހާރު ކުރިއަށްދާ އެކޮމިޝަނުގެ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެގޮތުން ދާދި ފަހުން އެސްބީއައި ކައިރިން ހިނގި ބޮޑު ވައްކަންވެސް ގުޅިފައިވަނީ އެ ގްރޫޕާ ކަމަށް މަރު ކޮމިޝަނުގެ ރައީސް ހުސްނުއްސުޢޫދު ވިދާޅުވިއެވެ.

މިދިޔަ މާރިޗު މަހުގެ 10 ވަނަ ދުވަހު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ކައިރިން ފޭރިގަނެގެން ގެންގޮސްފައިވަނީ ބީއެޗްއެމް ޓްރޭޑާސްގެ 2.3 މިލިއަން ރުފިޔާ އެވެ. ބީއެޗްއެމްގެ ފައިސާތައް ފޭރިގަނެގެން ދިޔައީ ހެލްމެޓް އަޅައިގެން ސައިކަލުތަކެެއްގައި ދުއްވާފައި ދިޔަ ބައެއް ކަމަށް ފުލުހުން ބުނެއެވެ.

ބީއެޗްއެމްގެ ފައިސާތަކެއް ފޭރުނު މައްސަލާގައި ވެސް ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 23 އަހަރުގެ ދެ ފިރިހެނުންނާއި 21 އަހަރުގެ ފިރިހެނަކާއި 18 އަހަރު ނުފުރޭ ތިން ކުދިން ކަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. 

މީގެ އިތުރުން ހަމަ އެދުވަސްވަރު މިފްކޯގެ ވޭނެއް ބޮޑު ތަކުރުފާނު މަގުން ދަތުރު ކުރަމުން ދަނިކޮށް، ސައިކަލެއްގައި ދިޔަ މޫނު ނިވާކޮށްގެންތިބި ބަޔަކު އެ ވޭން ހުއްޓުވައި ވޭންގެ ބިއްލޫރިގަނޑު ތަޅާލުމަށްފަހު ގިނަ އަދަދެއްގެ ފައިސާތަކެއް ފޭރިގަނެފައިވެއެވެ.

މީގެ އިތުރުންވެސް މިއަހަރުގެ ކުރީކޮޅު ގިނަ އަދަދެއްގެ ބޮޑެތި ވައްކަންތައް ހިނގާފައިވެއެވެ. އޭގެ ތެރެއިން ގިނަ ވައްކަންތައް ހިންގާފައިވަނީ ވަރަށް ބޮޑަށް ޜޭވިގެން ކަމަށް އޭރުވެސް ފުލުހުން ވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ