ސީރިއާ ހަނގުރާމައިގައި މަރުވި ދިވެއްސެއް - ފޮޓޯ: މީސްމީޑިއާ

ސީރިއާގައި އުޅޭ ދިވެހިން ރިލްވާނަށް އިންޒާރު ދިން - މަރު ކޮމިޝަން

ސީރިއާގައި އުޅޭ ދިވެހި ހަނގުރާމަވެރިން ރިލްވާނަށް އިންޒާރު ދިންކަމަށް، މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދޫ ވިދާޅުވެއްޖެއެވެ.

މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދޫ މިކަން ހާމަކުރެއްވީ މިހާރު ކުރިއަށްދާ އެކޮމިޝަނުގެ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ސުޢޫދު ވިދާޅުވީ، ސިީރިއާ ހނަގުރާމައަށްދާ ދިވެހިންނާ ގުޅުން އޮންނަ "ބިލާދުއްސާމް" ގުރޫޕްގެ އެޑްމިން "އަބޫ ދުޖާން" ރިލްވާނަށް އިންޒާރު ދީފައިވަނީ "މިނިވަން ނޫހުގައި" ރިލްވާން ލިޔުއްވާފައިވާ އާޓިކަލް އަކާއި އަދި އެހެނިހެން ކަންކަމާއި ގުޅިގެން ކަމަށެވެ.

އެމީހުން ރިލްވާނަށް ތުހުމަތު ކުރަނީ ރިލްވާނަކީ އެއްވެސް ކަކަލު ޤަބޫލުނުކުރާ މީހެއް ކަމަށާއި، ސީރިއާއަށް ހަނގުރާމައަށްދާ ދިވެހިންގެ މަޢުލޫމާތު ދިވެހި ފުލުހުންނަށް އަދި އެހެން ފަރާތްތަކަށް ފޯރުކޮށްދެނީ ރިލްވާން ކަމަށް ސުޢޫދު ވިދާޅުވިއެވެ.

ސުޢޫދު ވިދާޅުވީ، ބިލާދުއްސާމްގެ ތުހުމަތުތަކަށް 2014 މެއި 27 ވަނަ ދުވަހު އިންކާރު ކޮށްފައިވާ ކަމަށެވެ. އެގޮތުން އެކަންކަމަށް އިންކާރުކޮށް ރިލްވާން އެދުވަހު އަބޫ ދުޔާން އާ ދައްކާފައިވާ ވާހަކަތައްވެސް ސުޢޫދު ވަނީ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ކީރިތި ޤުރުއާނާއި، ރަސޫލާއަށް ފުރައްސާރަ ކޮށްފައި ނުވާނެ ކަމަށާއި، އެފަދަ ކަމެއް ފެންނަނަމަ ދެއްކުމަށް ރިލްވާން ވަނީ އެމީހުން ކައިރިން އެދިފައެވެ. އަދި އިތުރު މައްސަލައެއް އޮތްނަމަ އެންމެ ފުރަތަމަ ރިލްވާނާ ވާހަކަ ދެއްކުމަށް އެދިފައިވެއެވެ. އަދި ވާހަކަ ދައްކައިގެން ހައްލުކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

އެއްވެސް އެއްބާރުލުމެއް ނޯންނާނެ ކަމަށާއި، ބާކީ އޮތީ ކުރު ދުވަސްކޮޅެއް ކަމަށް ބުނެ 2014 މެއި 28 ވަނަ ދުވަހު ބިލާދުއްސާމްގެ އެޑްމިން ރިލްވާނަށް މެސެޖްކޮށްފައިވާތީ، ރިލްވާން މަރާލީ ސީރިއާގައި ތިބޭ ދިވެހިންނާއި، ރާއްޖެއިން މީހުން ރެކްރޫޓްކުރާ ޖަމާއަތް ގުޅިގެން ކަމަށް ޤަބޫލުކުރެވޭ ކަމަށް ސުޢޫދު ވިދާޅުވިއެވެ.

"ބިލާދުއްޝާމް މީޑިއާއިން ބުނާގޮތުން އެގުރޫޕްގެ ފައުންޑަރަކީ އަދި އެޑިޓަރަކީ "އަބޫ ދުޖާނާ އަލް މާދީފީ"، އޭނާގެ އަސްލު ނަމެއް އެގުރޫޕަކުން ނުބުނޭ. ނަމަވެސް ރާއްޖޭގެ މީޑިއާތަކުން ބުނެފައިވަނީ އޭނާއަކީ މ.ޖޯޖިޔާ، ޔާމީން ނަޢީމްކަން ކަށަވަރުވާ ކަމަށް." ސުޢޫދު ވިދާޅުވިއެވެ.

ރިލްވާނަށް އެންމެ ފަހުގެ އިންޒާރު ދިން "އަބޫ ދުޖާނާ އަލް މާދީފީ" ވަނީ 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ހަނގުރާމައިގެ ތެރޭގައި މަރުވަފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ