ދިވެހިރާއްޖޭގައި ހިނގަމުންދާ ޖިހާދީ ފިކުރުގެ ޖަމާޢަތް މުލުން ލުހެލަން ޖެހޭ ކަމަށް މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަންގެ ރައީސް ހުސްނުއް ސުޢޫދޫ ވިދާޅުވެއްޖެއެވެ.
ސުޢޫދު މިހެން ވިދާޅުވެފައިވަނީ މިހާރު މަރު ކޮމިޝަނުން ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުގައެވެ.
ސުޢޫދު ވިދާޅުވީ ހަރުކަށި ޖިހާދީ ފިކުރުގެ ޖަމާއަތް ފެތުރިފައި އޮތީ ހީކުރާވަރަށް ވުރެ ދުރަށް މޫލާފައި ކަމަށާއި އެއަށް ކަންތައްތަކެއް ކުރަން ޖެހޭ ކަމަށެވެ. "އެޖަމާއަތް މުލުން އުފުރާލަން އެބަޖެހޭ" ސުޢޫދު ވިދާޅުވިއެވެ. އަޅުގަނޑުމެންގެ ޅަ ދަރިން ރެކްރޫޓްގެ ހަނގުރާމައަށް ފޮނުވާ، މި ޖަމާއަތުން ކުރާ ވިޔަފާރިތައް ހުއްޓުވާލަން ޖެހޭ ކަމަށެވެ.
"އެ ޖަމާޢަތުން ހޯދާ އާމްދަނީތައް، މަނީލޯންޑްރިންއާއި، ޓެރަރިޒަމަށް ފައިނޭންސް ކުރުމަށް ކުރާ ޚަރަދު އަޅުގަނޑުމެން އެބަ ހުއްޓުވަންޖެހޭ" ސުޢޫދު ވިދާޅުވިއެވެ. އެކަން ކުރެވޭނީ އިތުރު ތަޙްޤީޤުތަކެއް ކޮށްގެން ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
މިސްކިތައް އެކަނިދާ ކުދިން އަތުގަ ހިފައިގެން ގެންގޮސް އެކުދިންގެ ބްރެއިން ވޮޝް ކޮށް އެކުދިން ޖިހާދީ ފިކުރުގެ ޖަމާޢަތްތަކަށް ރެކްރޫޓް ކޮށް ރާއްޖެއިން ބޭރަށް ފޮނުވާ ކަމަށެވެ. މިކަންކަން ހުއްޓުވުމަކީ އެންމެންގެ ޒިއްމާއެއްކަމަށް ސުޢޫދު ވިދާޅުވިއެވެ.
ސުޢޫދު ވިދާޅުވީ މި ޖަމާޢަތައް ކުދިން ހޯދުމަށްޓަކައި ކަމާކަން ފަށައިގެން ނިކުމެ މިސްކިތްތައް ދޮށުގައާއި، ސްކޫލްތައް ދަށުގަ މީހުން އެބައުޅޭ ކަމަށާއި، އެކަނި ވެރި ކުދިންނަށް އެމީހުން ސަމާލުކަން ދޭ ކަމަށެވެ. އެކުދިންނަށް ފާރަލައި އެކުދިން ހޯދާ އެންމެ ފަހުން އެ ފިކުރުގެ ތެރެއަށް އެކުދިން ވައްދާކަމަށް ސުޢޫދު ވިދާޅުވިއެވެ.
އެމީހުން ހޯދުމަށްޓަކައި ދަޢުލަތުގެ ފެންވަރުގައި މަސައްކަތްތަކެއް ކުރަން އެބަޖެހޭ ކަމަށާއި ހަމައެއާއެކު އެމީހުން ކުރަމުންދާ ވިޔަފާރިތައް ހުއްޓުވަން އެބަ ޖެހޭކަމަށެވެ. މަރުކޮމިޝަންގެ މަސައްކަތް ނިމެންވާނެ ހިސާބަކީ އެއީ ކަމުގައި ސުޢޫދު ވަނީ ވިދާޅުވެފައެވެ.




