އަޙްމަދު އަދީބު ޢަބްދުލްޣަފޫރު - ފޮޓޯ: މިހާރު

ރިލްވާން މައްސަލައިގައި އަދީބު އަދި ދެ އިންޓެލް އޮފިސަރުންނަށް ދައުވާކުރަނީ

މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާން ޢަބްދުﷲ ގެއްލުވާލި މައްސަލައިގައި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު އަދި އިންޓެލް ދެ އޮފިސަރުންނަށް ދައުވާކުރައްވާނެކަމަށް ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދޫ ވިދާޅުވެއްޖެއެވެ.

މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދޫ މިހެން ވިދާޅުވީ، މިހާރު ކުރިއަށްދާ އެކޮމިޝަނުގެ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ސުޢޫދު ވިދާޅުވީ، ރިލްވާން މަރުވެފައިވާކަމަށް އާއްމުންނަށް ދެއްކުމަށްޓަކައި އަދީބު މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެގޮތުން އެކަން އެގޮތަށް ދެއްކުމަށްޓަކައި އަދީބުގެ ޕާސްޕޯޓްގެ ކޮޕީއެއް ހޯދުމަށް އެމްއެންޑީއެފްގެ ބޭފުޅެއް އަރިހުގައި އަދީބު އެދިފައިވާ ކަމަށެވެ.

މީގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ދެ އިންޓެލް އޮފިސަރުންވެސް މައްސަލައިގެ ތަޙްޤީޤަށް ހުރަސް އަޅާފައިވާކަމަށް ސުޢޫދު ވިދާޅުވިއެވެ. އެގޮތުން ރިލްވާނުގެ ޕާސްޕޯޓްގެ ކޮޕީއެއް ހޯދުމަށް އިންޓެލް އޮފިސަރުން އެވަގުތު އިމިގްރޭޝަންގެ ވެރިޔާގެ އަރިހުން އެދުނު ކަމަށާއި، އެކަން އެގޮތަށް ހިނގާފައިވާކަމަށް އޭރު އިމިގްރޭޝަނުގެ އޭރުގެ ވެރިޔާ ހެކިބަސް ދީފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ރިލްވާނުގެ މަރުގެ ތަޙްޤީޤަށް އަޙްމަދު އަދީބު އަދި ފުލުހުންގެ އިންޓެލް ދެ އޮފިސަރަކު ހުރަސްއަޅާފައިވާތީ، އެފަރާތްތަކުގެ މައްޗަށް ޢަދުލު އިންސާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ އުފުލޭނެ ކަމަށް، ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދޫ ވިދާޅުވިއެވެ.

މިކަމުގައި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު އަދި ފުލުހުންގެ ދެ އިންޓެލް އޮފިސަރުން މިގޮތަށް މަސައްކަތް ކޮށްފައިވީ ނަމަވެސް، ފުލުހުންގެ މުއައްސަސާއިން މި މައްސަލައިގައި ބައިވެރިވެފައިވާކަމަށް ޤަބޫލުފުޅު ނުކުރެއްވޭ ކަމަށްވެސް ސުޢޫދު ވިދާޅުވިއެވެ.

އަޙްމަދު އަދީބުގެ މައްޗަށް އިއްވާފައިވާ އެންމެހާ ހުކުމްތައް ކޯޓުތަކުން ބާޠީލްކޮށްފައިވާއިރު، އޭނާ މިވަގުތު ހުންނެވީ ސުޕްރީމް ކޯޓުގެ އަމުރަކަށް ހިފެހެއްޓިފައެވެ. ސުޕްރީމް ކޯޓުން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކުރި ނަމަވެސް މިވަގުތު އޭނާ ހުންނެވީ ޓެގް އެޅުވުމަށްފަހު ގޭބަންދަށް ދޫކޮށްލާފައެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. މުޙައްމަދު ފިކުރީ

    ސުޢޫދަށް ޣައިބުގައި ހިނގާ ކަންތައްވެސް އެނގޭހެންހީވާ ކަހަލަ ގޮތެއްދޯ މިވަނީ، ޝައްކު ކުރެވޭ ކަމަށްވެސް ވިދާޅެއްނުވޭ ވިއްޔާ. ވަރަށް ޔަޤީންކަމާއެކު… ނޫންނަމަ މީނާގެ ޙާޟިރުގަ ކަންކަން ވެފަހުރީނޫންބާ؟

    6
    1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ