ޔޫސޭ މިފަހަރުވެސް މަޖިލީހަށް ވާދަ ކުރަނީ

ކޮމޭޑިއަން ޔޫސުފް ރަފީއު (ޔޫސޭ) ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރަން ނިންމައި އިލެކްޝަންސް ކޮމިޝަނަށް މިއަދު ފޯމް ހުށަހަޅައިފިއެވެ.

ފިލްމުތަކުގައި އިޖުތިމާއީ ގިނަ މައްސަލަތަކެއް ފެންމަތި ކޮށްފައިވާ ޔޫސޭ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަ ކުރަނީ އޭނާ ނިސްބަތްވާ މާފަންނު ދެކުނު ދާއިރާއަށެވެ.

ފޯމް ލެއްވުމަށް ފަހު ޓްވިޓާ މެދުވެރިކޮށް ދެއްވި ވީޑިއޯ މެސެޖެއްގައި ޔޫސޭ ވިދާޅުވީ އޭނާގެ އުއްމީދަކީ ރައްޔިތުން ދެއްވާ ލޯތްބާއި އިހުތިރާމު އަބަދުވެސް ލިބުން ކަމަށެވެ.

ރައްޔިތުން މަޖިލީހުގެ މާލޭގެ މެމްބަރުކަން 1988 ވަނަ އަހަރު ޔޫސޭ ކާމިޔާބު ކުރެއްވި ނަމަވެސް އޭގެފަހުން، އެކި ދައުރުތަކުގައި އިންތިހާބަށް ކުރިމަތިލެއްވި ނަމަވެސް އޭނާއަށް ގޮނޑި ކާމިޔާބު ވާގޮތެއް ވަނީ ނުވެފައެވެ.

ޔޫސޭ މާފަންނު ދެކުނަށް ކުރިމަތިލައްވާއިރު، އެ ދާއިރާގެ މިހާރުގެ މެމްބަރު، ޕީޕީއެމްގެ އަބްދުﷲ ރިފާއުއާއި، ސަރުކާރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން ވެސް އެ ދާއިރާ އަށް ވާދަ ކުރެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް