ރޭ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ ވިދާޅުވީ މާފަރު އެއާޕޯޓުގެ މަސައްކަތުގެ ތެރެއިން ނުނިމި ހުރި މަސައްކަތްތައް މި އަހަރުގެ މެދާ ހަމައަށް ނިންމާލެވޭނެ ކަމަށެވެ.
އަބޫދާބީ ފަންޑުގެ އެހީގައި މާފަރުގައި ތަރައްގީ ކުރާ އެއާޕޯޓަށް ޓެސްޓު ފްލައިޓު ނިމިދިޔަ އަހަރުގެ އޮގަސްޓްމަހުގައި ޖެއްސި ނަމަވެސް ރަންވޭ ފިޔަވައި އެއާޕޯޓުގައި ހުންނަން ޖެހޭ ވަސީލަތްތައް ގާއިމް ކޮށްފައެއް ނުވެ އެވެ.
ސިންގަޕޫރުގެ ޓަފް އޮފް ޝޯ ކުންފުންޏާއި ހަވާލުކުރެވިގެން ކުރިއަށްދާ މާފަރު އެއާޕޯޓްގެ މަސައްކަތަކީ އަބޫދާބީ ފަންޑުގެ 60 މިލިޔަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން ހަދާ އެއާޕޯޓެކެވެ.
މިނިސްޓަރު ވިދާޅުވީ، މާފަރު އެއާޕޯޓުގެ އިތުރުން މަސައްކަތް ފަށާ، މަސައްކަތް ނުނިމި ހުރި އެއާޕޯޓުތަކުގެ މަސައްކަތްތައްވެސް މިހާރު ފަށާފައިވަނެ ކަމަށެވެ. މީގެއިތުރުން ރ. ފައިނުގައި އަޅަން ނިންމާފައިވާ އެއާޕޯޓު އެންވަޔަރަމެންޓް އިމްޕެކްޓް އެސެސްމެންޓަށް ބަލައި މަސައްކަތް ކުރިއަށް ނުގެންދަންވެސް ނިންމާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މާފަރު އެއާޕޯޓުގައި ޕްރޮޖެކްޓުގައި ހިމަނާފައިވާ ސިޓީ ހޮޓަލުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިނުވާއިރު، އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި މަސައްކަތްކުރާ މި އެއާޕޯޓުގައި 2.2 ކިލޯ މީޓަރުގެ ދިގު ރަންވޭއަކީ އެއާބަސް އޭ 320 އަދި ބޮއިންގް 737 މަރުކާގެ މަތިންދާބޯޓު ޖެއްސޭ ވަރުގެ ރަންވޭ އެކެވެ.
މާފަރު އެއާޕޯޓުގެ މަސައްކަތް ލަސްވީވެސް ސަބް ކޮންޓްރެކްޓަރަކާ ހަވާލުކޮށްގެން މަސައްކަތް ކުރަމުން ގެންދާތީ ކަމަށް މިނިސްޓަރޔ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، "އަބޫދާބީ ފަންޑުން މަސައްކަތް ކޮންޓްރެކްޓު ކުރި ކުންފުނިން މިވަނީ އަނެއްކާ އެހެން ބަޔަކަށް ކޮންޓްރެކްޓު ކޮށްފައި. އަޅުގަނޑުމެން ވާހަކަ ދައްކައިގެން ނިންމީ އެ މަސައްކަތް ކުރިއަށް ގެންދިޔަ ސަބް ކޮންޓްރެކްޓަރާއެކު މަސައްކަތް ކުރިއަށް ގެންދަން،" ކަމަށެވެ.
މިނިސްޓަރު ނަހުލާ ވަނީ މީގެ ކުރިން ޔޫއޭއީ އަށް ވަޑައިގެން މާފަރު އެއާޕޯޓުގެ މަސައްކަތްތަކާ ގުޅޭގޮތުން އަބޫ ދާބީ ފަންޑާއެކު މަޝްވަރާ ކުރަށްވާފައެވެ.




2 Responses
Give exclusive to be able to your wife or husband. If
I’m successful at this, is it what I was meant to achieve?
If you are desirous about trading online, you require to treat it
like company. http://antiviruspro.com/bitrix/rk.php?goto=https://yyh88bet.com%2Fwhat-you-didnt-know-about-mobile-casino-gambling.html
Give exclusive to be able to your wife or husband.
If I’m successful at this, is it what I was meant to achieve?
If you are desirous about trading online, you require to treat it
like company. http://antiviruspro.com/bitrix/rk.php?goto=https://yyh88bet.com%2Fwhat-you-didnt-know-about-mobile-casino-gambling.html