Prabhas Saaho Movie First Look ULTRA HD Posters WallPapers | Shraddha Kapoor

"ސާހޯ"އަށް 2 ދުވަސްތެރޭގައި 200 ކްރޯޑްގެ އާމްދަނީއެއް!

ޕްރަބާސްއާއި އެކު ބޮލީވުޑްގެ ކުޅަދާނަ ބަތަލާ “ޝްރައްދާ ކަޕޫރު” ލީޑް ރޯލުން ފެންނަ ފިލްމް “ސާހޯ” އޮގަސްޓް 30ގައި ސިނަމާތަކުގައި ރިލީޒްކޮށްފައިވާއިރު، ފިލްމަށް ދެ ދުވަސްތެރޭގައި 200 ކްރޯޑްގެ އާމްދަނީއެއް ލިބިއްޖެއެވެ.

"ސާހޯ" އަށް މިހާކުޑަދުވަސްކޮޅެއްގެތެރޭގައި މިހާބޮޑު ކާމިޔާބީއެއް ލިބިފައިވާއިރު، ފިލްމަށް ބެލުންތެރިންގެ ފަރާތުން ލިބެމުން އަންނަނީ ވަރަށް ރަނގަޅު ކޮމެންޓްތަކެކެވެ.

350 ކްރޯޑް ރުޕީސްގެ ބަޖެޓަކުން އުފައްދާފައިވާ މި ފިލްމް ބޮކްސްއޮފީހުގައި ބޮލްކްބަސްޓާ ފިލްމަކަށް ވެފައިވާއިރު، މި ފިލްމަކީ، 2017 ވަނަ އަހަރު ރިލީޒް ކުރި “ބާހްބަލީ: ދަ ކޮންކްލޫޝަން” އަށް ފަހު ޕްރަބާސް ސްކްރީނަށް އަންނަ ފުރަތަމަ ފިލްމެވެ.

"ސާހޯ" ރިލީޒްކުރި ފުރަތަމަ ދުވަހު ފިލްމަށް 24 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބިފައިވާއިރު، މި ފިލްމް ވެގެންގޮސްފައި މިވަނީ މިއަރު ނެރުނު ފިލްމްތަކުގެ ތެރެއިން ފުރަތަމަ ދުވަހު އެންމެ ބޮޑު އާމްދަނީއެއް އިންޑިއާއިން ހޯދި ފިލްމަށެވެ.

ތެލެތޫ ޑައިރެކްޓަރ “ސުޖީތު”ގެ ވާހަކައެއްގެ މައްޗަށް އޭނާ ޑައިރެކްޓްވެސް ކޮށްފައިވާ މި ފިލްމް، ހިންދީ، ތެލުގޫ އަދި ޓެމިލް ބަހުންވެސް ވަނީ ރިލީޒްކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ