"ޓައިގާ ޝްރޮފް" ހުރީ ހުސްކޮށް!

ބޮލީވުޑް ތަރިންގެ ލޯބީގެ ހަޔާތަަކީ ބޮލީވުޑްގައި މީޑިއާތަކުގެ ސުރުހީތަކުގެ އެންމެ ކުރީގައި އުޅޭނެ ހަބަރުތަކެވެ. އޭގެތެރެއިންވެސް ބޮލީވުޑްގެ ތެރެއިން ދެ ތަރިއަކު ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމުގައިވަނީނަމަ އެކަމަށް ދެވޭ ސަމާލުކަން ވަކިން ބޮޑުވާނެއެވެ.

އެގޮތުން ބޮލީވުޑްގެ ޒުވާން ދެ ތަރިންކަމުގައިވާ "ޓައިގާ ޝްރޮފް" އާއި "ދީޝާ ޕަޓާނީ" ލޯބީގެ ގޮތުން ގުޅިގެން އުޅޭ ވާހަކައަކީ ބޮލީވުޑްގައި އެންމެ ގަދަޔައެއް ދެކެވޭ އެއް ވާހަކައެވެ. ނަމަވެސް ދާދިފަހަކުން ޓައިގާ ހުރީ ހުސްކޮށްކަމަށް އޭނާގެ ކޮއްކޮ ކްރިޝްނާ ޝްރޮފް މި ވަނީ ބުނެފިއެވެ.

ޓައިގާ އަދި ދީޝާ އެންމެ ފަހުން އެކީގައި ފެނިގެންގޮސްފައިވާ ފިލްމް "ބަގީ 2" އަށްފަހު މި ދެތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމުގެ ހަބަރުތައް ވަނީ ވަރަށް ބޮޑަށް ދެކެވިފައެވެ.

ނަމަވެސް، ޝޯއެއްގެ ތެރެއިން ވާހަކަދައްކަމުން ޓައިގާ 100 ޕަސެންޓް ސިންގަލް ކަމަށް އޭނަގެ ކޮއްކޮ ކްރިޝްނާ ބުނެފައިވާއިރު، ޓައިގާ އަދި ދީޝާ ވެސް މީގެކުރިން އެދެމީހުންގެ ދެމެދުގައި ލޯބީގެ ގުޅުން އޮންނަކަމަށް ދެކެވޭ ވާހަކަތަކަށް އެއްބަސްވެފައެއްނުވެއެވެ.

މި ޝޯގެ ތެރެއިން ކްރިޝްނާ އިތުރަށް ބުނެފައިވަނީ، އޭނަ ބޭނުންވަނީ ދީޝާ އާއި އަދިތްޔާ ރޯއީ ކަޕޫރާ ގުޅުވަންކަމަށެވެ.

ބޮލީވުޑްގައި މިހާރު ފިޔަޖަހަމުން އަންނަ ތަރި ޓައިގާ ދެން އެންމެއަވަހަށް ފެނިގެންދާނީ، ރިތިކް ރޯޝަންއާއެކު ފެނިގެންދާ ފިލްމް "ވާ" އިންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ