ހިތަދޫ ރީޖަނަލް ހޮސްޕިޓަލް

ހޮސްޕިޓަލްގެ އިހުމާލުން ބަނޑަށް ކުއްޖަކު މަރުވި މައްސަލަ ބަލަނީ

އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އިހުމާލުން މާބަޑު މީހެއްގެ ބަނޑަށް ކުއްޖަކު މަރުވި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ރޭ ދަންވަރު މިފަދަ ހާދިސާއެއް ހިނގާފައިވާކަން އަދި އަދި އެ މައްސަލަ ހޮސްޕިޓަލުން ތަޙްޤީޤު ކުރަމުންދާކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ ޝަރަފު ސާދާތު ވަނީ އޮންލައިން ނޫސް "އައްޑޫލައިވް" އަށް ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން ހެލްތު މިނިސްޓްރީން ވިދާޅުވީ، އެފަދަ މައްސަލައެއް އެއްވެސް ފަރާތަކުން އެ މިނިސްޓްރީއަށް ހުށަހަޅާފައި ނުވާ ކަމަށާއި، ނަމަވެސް އެފަދަ ކަމެއް ފެންމަތިވެފައިވާކަން އެ މިނިސްޓްރީގެ ސަމާލުކަމަށް އައުމާއި ގުޅިގެން އެކަން ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައިވެސް މައިމީހާގެ ބަނޑުގައި އޮތް ކުއްޖަކު މަރުވި މައްސަލައެއް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފެންމަތި ވުމާއި ގުޅިގެން އެ މައްސަލަ މިނިސްޓްރީ އޮފް ހެލްތުން ބަލާފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ