ތިޔަ އުނދަގޫވެގެން އުޅޭ "ލައިކް ބަޓަން" ދުވަސްކޮޅަކުން ގެއްލިދާނެ!

ސޯޝަލް މީޑިއާގެ ޕްލެޓްފޯމުތަކުގެ ތެރެއިން ފޭސްބުކްގައި މީހުން ހިއްސާކުރާ ފޯސްޓްތަކަށް އެހެންމީހުން "ލައިކް" ޖެހުމުގެ ސަބަބުން ރުޅިއަންނަ މީހުންގެ ޝަކުވާ މިއަދު މިވަނީ އިތުރުވެފައެވެ. އެހެންނަމެވެސް ދެން މާކަ ގިނަދުވަހެއްނުވެ މިކަން ހައްލުވުމުގެ މަގު ފެންނާނެކަމަށް ބެލެވޭ ކަހަލަ މައުލޫމާތެއް މިވަނީ ލިބިފައެވެ.

ފޭސްބުކްގެ ރިއެކްޝަން ބަޓަން ތަޢާރުފުވުމާއެކު، މީހުން އެމީހުންގެ ޕޯސްޓްތަކަށް ލައިކް ރިއެކްޝަން ކުރުމަކީ މާ ގަޔާވާކަމަކަށް ނުވާއިރު، ފޭސްބުކް ހިމެނޭގޮތަށް ލައިކް ބަޓަންގެ ފީޗަރ ފުހެލަން އުޅޭކަމުގެ ހަބަރުތަކެއް މިވަނީ ދާދިފަހަކުން ފެތުރިފައެވެ. އެގޮތުން މިކަން މިގޮތަށް ކުރަން މިއުޅެނީ މީހުންގެ ނުރުހުމުގެ ސަބަބުން ސޯޝަލް މީޑިއާ ބޭނުންކުރާ ފަރާތްތައް މަދުވުމުގެ ބިރު އޮތުމުންކަމަށްވެއެވެ.

ފޭސްބުކްގެ އެޕްލިކޭޝަނެއް ކަމުގައިވާ އިންސްޓަރގްރަމްއިން، ކުރާ ޕޯސްޓުތަކަށް ލައިކު ލިބޭ މިންވަރު ނޭންގޭނެ ގޮތް ހެދުމުގެ ޓެސްޓުތަކެއް ދާދިފަހަކުން ކޮށްފައިވާއިރު، އެމީހުންގެ އަމިއްލަ ޕްލެޓްފޯމް ފޭސްބުކްއިންވެސް މިކަން ކުރަން އުޅޭކަން ޔަގީންވެފައިވާކަން ހަބަރުތަކުން ބުނެއެވެ.

އިންސްޓަރގްރަމް އިން ކުރި މިޓެސްޓްގެ ހަޤީގަތް މީގެކުރިން ދެނެގަނެފައިވާ މަޝްހޫރު ބުލޮގަރ ‘ޖޭން މަންޗުން ވޮން’ ވަނީ، ފޭސްބުކްގެ އެންޑްރޮއިޑް އެޕުންވެސް ލައިކް ބަޓަން ފޮރުވަން ޓެސްޓްކުރަން ފަށައިފިކަން ދެނެގަނެ އެކަން އާއްމުންނާއި ހިއްސާކޮށްފައެވެ.

ޖޭންގެ މި މައުލޫމާތަށްފަހު، ފޭސްބުކް އެންޑްރޮއިޑް އެޕްގެ ފަހުގެ އަޕްޑޭޓާއެކު މިކަން ޓެސްޓް ކުރަން ފަށާފައިވާކަން ފޭސްބުކް އިން ޔަގީންކޮށްދީފައެވެ. އިންސްޓަގްރަމްއެކޭ އެއްފަދައިން، ފޭސްބުކްގައި ޕޯސްޓްކުރާ ފަރާތައް އެޕޯސްޓަކަށް ލިބޭ ޖުމްލަ ލައިކުގެ އަދަދު ފެންނާނެއެވެ. ނަމަވެސް އެހެން ފަރާތްތަކަށް ޕޯސްޓްތަކަށް ލިބޭ ލައިކުގެ އަދަދު ނުފެންނާނެއެވެ.

ފޭސްބުކްގެ ރިއެކްޝަން ފީޗަރގެ ތެރެއިން، ލައިކް ގެ އިތުރުން، "ހިނިތުންވުން"، "ރުޅިވެރިކަން"، "ހިތާމަ" އަދި "ވާއު" ރިއެކްޓް ކުރެވެން ހުންނައިރު، ލައިކެއް ޖަހައިފިނަމަ ހަމަ އަސްލަށްވެސް ރުޅިގަދަވާ މީހުން ދިވެހިންގެ ތެރޭގައިވެސް މަދެއްނޫނެވެ. އެހެންކަމުން ފޭސްބުކް އިން ލައިކް ބަޓަން ފޮހެލައިފިނަމަ އެ ފަރާތްތަކަށް މިއީ ވަރަށް އުފާވެރި ހަބަރެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ