ހޯމް މިނިސްޓަރާއި، ޕޮލިސްކޮމިޝަނަރު ރިޞުވާންގެ އާއިލާއާއި ބައްދަލުކޮށްފި

ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ އާއި، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ރިޟްވާން ޢަބްދުﷲގެ އާއިލާއާއި ބައްދަލުކުރައްވައިފިއެވެ. 

ރިޟުވާނުގެ އާއިލާ ދިރިއުޅެމުންދާ ގޭގައި މިއަދު ހެނދުއޮތް މިބައްދަލުކުރެއްވުމުގައި ހޯމް މިނިސްޓަރާއި، ކޮމިޝަނަ އޮފް ޕޮލިސްގެ އިތުރުން ރިޟުވާންގެ މަންމަ އާއި، އާއިލާގެ ބައެއް ބޭފުޅުން ބައިވެރިވެފައިވެއެވެ.

ރިޟްވާނާއި ގުޅޭގޮތުން ގެއްލުވާލާފައިވާ މީހުންނާއި މަރާލެވިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ނެރުނު ރިޕޯޓާމެދު މަޝްވަރާކުރުމަށް އެކޮމިޝަނާއި، ފުލުހުންނާއި، ހޯމް މިނިސްޓްރީއާއި ރިޟުވާންގެ އާއިލާއާއިއެކު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޙިދުމަތްތަކާއިބެހޭ ކޮމިޓީގައި މަޝްވަރާކުރުމަށް ވަނީ ނިންމާފައެވެ.

ރިޟުވާންގެ މަރާލާފައިވާ މައްސަލާގައި ކޮމިޝަނުން ނެރުނު ޚުލާސާ ރިޕޯޓް ރައްޔިތުންގެ މަޖިލީހުން އާންމު ކުރުމާއެކު ގިނަބައެއްގެ ކަންބޮޑުވުން ދަނީ މިމައްސަލާގައި ފާޅުކުރަމުންނެވެ. މިމައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އެންމެގިނަ ފާޑުކިޔުންތައް ފުލުސް އޮފީހަށް އަމާޒުވެފައިވާއިރު، މިމައްސަލާގައި ޝާމިލްވާ ފުލުހުންނާމެދު ފިޔަވަޅު އަޅާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސްވަނީ ވިދާޅުވެފައެވެ.

ކޮމިޝަންގެ ރިޕޯޓާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްވެސް ވަނީ ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަމާމެދު ޤާނޫނީ ފިޔަވަޅު އަޅުއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ