Internet singing sensation Ranu Mondal has recorded the recreation of singer-composers Himesh Reshammiya's song "Aashiqui Mein Teri".

ރަނޫ މޯންޑަލް ބޮލީވުޑްގެ 3 ލަވަ ރިކޯޑުކޮށްފި!

އިންޑިއާގެ ރެއިލް ސްޓޭޝަނެއްގައި ލަވައެއް ކިޔައިގެން މަޝްހޫރުކަން ހޯދި ހިތްގައިމު އަޑުގެ ވެރިޔާ "ރަނޫ މޯންޑަލް" އަކީ މިހާރު ގިނަބަޔަކަށް އާ މޫނަކަށް ނުވާނެއެވެ. ލަތާ މަންގޭޝަރުގެ މަގުބޫލު ލަވަ "އޭކް ޕްޔާރްކާ ނަގްމާ ހޭ" ރަނޫ ގެ އަޑުން ކިޔާފައިވާ ވީޑިއޯ ސޯޝަލްމީޑިއާގައި ވައިރަލް ވުމާއެކު ރަނޫ ވަނީ ބޮލީވުޑްގެ ތަރިންގެ ސަމާލުކަމަށްވެސް އައިސްފައެވެ.

އިންޑިޔާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި މިއުޒިކް ޑައިރެކްޓަރ ހިމޭޝް ރެޝަމިއްޔާ ރަނޫއަށް ލަވަ ކިޔުމުގެ ފުރުސަތު ދީފައިވާއިރު، މިހާތަނަށް އޭނަގެ އަލްބަމްއަކަށް ރަނޫ ވަނީ މުޅިއަކު 3 ލަވަކިޔާ ރިކޯޑްކޮށްފައެވެ.

ބޮލީވުޑަށް ރަނޫ ކިޔައިދިން ފުރަތަމަ ލަވަ "ތޭރީ މޭރީ" ހިމޭޝްއާއެކު ކިޔާފައިވާއިރު، މި ލަވައަށް ވަނީ ގިނަބައެއްގެ ސަމާލުކަން ލިބި ތަރުޙީބު ލިބެމުންނެވެ. އެގޮތުން ރަނޫއާއި ހިމޭޝްގެ އަޑުން ކިޔާފައިވާ މި ލަވަ 50 މިލިއަނަށްވުރެ ގިނަ މީހުން ބަލާފައިވެއެވެ.

ރަނޫ އޭނަގެ ދެވަނަ ލަވަ "އާދަތް" ވެސް ހިމޭޝްއާއެކުވަނީ ރިކޯޑްކޮށްފައެވެ. އަދި ދާދިފަހަކުން ހަމަ ހިމޭޝްއާއެކު ރިކޯޑްކޮށްފައިވާ "އާޝިގީ މޭ ތެރީ" އިން ވެސް ރަނޫ ގެ ހުނަރުވެރިކަން ފެނިގެންދާއިރު، ޔޫޓިއުބްގައި މިއިން ކޮންމެ ވީޑިއޯއަކަށްވެސް މިލިއަނަށްވުރެ ވިއުސް ލިބިފައިވެއެވެ.

ރަނޫ އަށް ބޮލީވުޑްގައި ގިނަ ފުރުސަތުތަކެއް މިހާރު ލިބެމުން އަންއިރު، ސަލްމާން ހާން ވަނީ އޭނައަށް ފެލެޓްއެއްވެސް ގަނެދީފައިކަމަށް ހަބަރުތައް ވަނީ ފެތުރިފައެވެ. އެހެންނަމަވެސް ރަނޫގެ މެނޭޖަރު ވަނީ މި ވާހަކަ ދޮގުކޮށްފައެވެ.

https://youtu.be/BTYXDP_pv7Q

އީސްޓް ބަންގާޅުގެ ރަނާގަތް ރޭލު ސްޓޭޝަން ހިސާބަށް އުފަން ރަނޫ މޯންޑަލްއަކީ ކުރިން އަޅާލާނެ މީހަކު ނެތި މަގުމަތީގައި ދިރިއުޅެމުންދާމީހެކެވެ. ނަމަވެސް ރަނޫ ގެ ދަރިންވެސް ދުނިޔޭގައި ތިބި ކަމަށް މައުލޫމާތު ލިބެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ