"ސާހޯ" ގެ ކާމިޔާބީއާއެކު، ފޭނުންނަށް ޕްރަބާގެ އަސަރުގަދަ މެސެޖެއް!

ޕްރަބާސްއާއި އެކު ބޮލީވުޑްގެ ކުޅަދާނަ ބަތަލާ “ޝްރައްދާ ކަޕޫރު” ލީޑް ރޯލުން ފެންނަ ފިލްމް “ސާހޯ” އޮގަސްޓް 30ގައި ސިނަމާތަކުގައި ރިލީޒްކޮށްފައިވާއިރު، މި ފިލްމް މިވަނީ ބޮކްސްއޮފީސްގައި ބްލޮކް ބަސްޓާ ފިލްމަކަވެފައެވެ.

"ސާހޯ" އަށް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބިގެންގޮސްފައިވާއިރު، ފިލްމްގެ ލީޑް އެކްޓަރު މިވަނީ އޭނަގެ ފޭނުންނަށް ޝުކުރުގެ މެސެޖެއް ފޮނުވާފައެވެ.

ޕްރަބާގެ އޮފިޝިއަލް އިންސްޓަގްރަމް އެކައުންޓްގައި އޭނަގެ ފޭނުންނަށް އޭނަ ލިޔެފައިވާ މެސެޖުގައި ބުނެފައިވަނީ، ފިލްމް އެއްވެސް ލިމިޓެއްނެތި ދިން ލޯތްބަށް ޝުކުރު އަދާކުރާކަމަށެވެ. އަދި ފިލްމް ކާމިޔާބުވުމުގެ އަސްލަކީ ފޭނުން ފިލްމް ބަލައިގަތުން ކަމުގައި ބުނެފައިވެއެވެ.

"ސާހޯ" 350 ކްރޯޑް ރުޕީސްގެ ބަޖެޓަކުން އުފައްދާފައިވާއިރު، ފިލްމަށް މިހާތަނަށް ލިބިފައިވާ އާމްދަނީ ވަނީ މިއަށްވުރެ ބޮޑުވެފައެވެ. އަދި ފިލްމް އެޅުވިތާ ދެ ދުވަސްތެރޭގައި 200 ކްރޯޑްގެ އާމްދަނީއެއް ވަނީ މި ފިލްމަށް ލިބިފައެވެ.

މި ފިލްމަކީ، 2017 ވަނަ އަހަރު ރިލީޒް ކުރި “ބާހްބަލީ: ދަ ކޮންކްލޫޝަން” އަށް ފަހު ޕްރަބާސް ސްކްރީނަށް އަންނަ ފުރަތަމަ ފިލްމެވެ.

ތެލެތޫ ޑައިރެކްޓަރ “ސުޖީތު”ގެ ވާހަކައެއްގެ މައްޗަށް އޭނާ ޑައިރެކްޓްވެސް ކޮށްފައިވާ މި ފިލްމް، ހިންދީ، ތެލުގޫ އަދި ޓެމިލް ބަހުންވެސް ވަނީ ރިލީޒްކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ