ވާހަކަ ލިޔުންތެރިޔާ "އަރަވިންޑް އަދިގަ" ގެ އެވޯޑު ލިބިފައިވާ ވާހަކަ "ދަ ވައިޓް ޓައިގާ" އަށް ނެޓްފިލްކްސް އިން ވެބް ސީރީޒްއެއް ހަދަން ނިއްމާފައިވާއިރު، އެ ސީރީޒްގެ ލީޑު ތަރިންގެ ގޮތުގައި ޕްރިޔަންކާ ޗޯޕުރާ އަދި ބޮލީވުޑްގެ މަޝްހޫރު ތަރި ރާޖްކުމާރު ރާއޯ ހަމަޖައްސައިފިއެވެ.
"ދަ ވައިޓް ޓައިގާ" ގައި ކިޔައިދެނީ، އަމިއްލަ މަސައްކަތުން ސައި ފިހާރައެއްގެ ވަޒީފާއިން، އަމިއްލަ ވިޔަފާރިއެއް ފެށި އާދައިގެ މީހެއްގެ ވާހަކައެވެ.
މި ވާހަކަ ވެބް ސީރީޒްއެއްގެ ސިފައިގައި ނެޓްފިލްކްސް އިން ގެނެސްދޭން ނިއްމާފައިވާއިރު، މި ފިލްމްގެ ޝޫޓިން އިންޑިއާގައި ވަރަށް އަވަހަށް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
މި ސީރީޒް "ދަ ވައުޓް ޓައިގާ" ގެ ނަމުގައި ގެނެސްދޭން ނިއްމާފައިވާއިރު، ސީރީޒް ޑައިރެކްޓް ކުރާނީ އެމެރިކާގެ ޑައިރެކްޓަރ އަދި ސްކްރީންރައިޓާ "ރަމިން ބަހްރާނީ"އެވެ. ރަމިން އަކީ "ޗޮޕް ޝޮޕް"، "99 ހޯމްސް" ފަދަ ފިލްމްތައް އުފައްދާފައިވާ ޑައިރެކްޓަރެކެވެ.
ބޮލީވުޑްގައި ފިޔަޖަހަމުން އަންނަ ތަރި ރާޖްކުމާރުއަށް މި މަސައްކަތުން ފުރުސަތު ލިބުނީތީވެ ހުރީ ވަރަށް އުފާވެފައިކަމަށް އޭނާ ވަނީ ބުނެފައެވެ.
ރާޖުކުމާރު އެންމެ ފަހުން ފެނިގެންގޮސްފައިވާ ބޮލީވުޑް ފިލްމަކީ، ކަންގްނާއާއެކު ކުޅެފައިވާ "ޖަޖްމެންޓަލް ހޭ ކިޔާ" އިންނެވެ.



