"އެކުއަމޭން 2"ގެ ޓްރެއިލާގައި އެމްބާ ހެޑްގެ އެންމެ މަންޒަރެއް!

2018 ވަނަ އަހަރު ނުކުތް ކާމިޔާބު ފިލްމް "އެކުއަމޭން" ގެ ސީކުއަލް "އެކުއަމޭން އެންޑް ދަ ލޮސްޓް ކިންގްޑޮމް" ގެ ޓްރެއިލާ މިހާރު ވަނީ ދައްކާލައިފަ އެވެ.

މި ފިލްމްގެ ފުރަތަމަ ބައިން ފެނިގެންދިޔަ ގިނަ ކާސްޓުންތަކެއް ފިލްމްގެ ސީކުއަލް އިން ވެސް އެނބުރިއަންނާނެ އެވެ. އެގޮތުން ފިލްމްގެ ޓައިޓަލް ރޯލުން، "އާތާ" ގެ ރޯލު ކުޅުނު އެކްޓަރ ޖޭސަން މޮމޮއާ އެނބުރި އަންނައިރު، "އޯރމް" ގެ ރޯލުން ޕެޓްރިކް ވިލްސަން ފެނިގެންދާނެ އެވެ. އަދި މީގެ އިތުރުން "ބެލްކް މަންތާ"ގެ ރޯލުން ޔަހްޔާ އަބްދުލް މަތީން ވެސް އެނބުރި އަންނާނެ އެވެ. "ބްލެކް މަންތާ" އަކީ މިފަހަރުގެ ފިލްމްގެ މެއިން ވިލަން އެވެ. އަދި ނިކޯލް ކިޑްމަން ވެސް ފުރަތަމަ ބައިގައި ފެނުނު ރޯލުން ފެނިގެންދާނެ އެވެ. ނަމަވެސް މި ފިލްމްގެ ދެވަނަ ބައިގެ ޓްރެއިލާއިން ފުރަތަމަ ބައިން ފެނިގެންދިޔަ މެއިން ކާސްޓުންގެ ތެރޭގައި ހިމެނުނު އެކްޓްރެސް އެމްބަރ ހެޑް އަދާ ކުރި ކެރެކްޓަރ "މޭރާ" ފެނުނީ އެންމެ މަންޒަރަކުންނެވެ.

މި ފިލްމްގެ ޓްރެއިލާ ނެރުމުގެ ކުރިންވެސް، ފިލްމްގެ ދެވަނަ ބައިން އެމްބަރ ހެޑްގެ ކެރެކްޓަރ ފެނިގެންދާނެތޯ ގިނަ ބަޔަކު އޮތީ ސުވާލު އުފައްދާފައެވެ. އެއީ އެމްބަރ ހެޑްގެ ކުރީގެ ފިރިމީހާ، އެކްޓަރ ޖޯނީ ޑެޕްއާއި ދެމެދު ހިނގި ކަންތައްތަކާއި ގުޅިގެންނެވެ. 2017 ވަނަ އަހަރު އެމްބަރ ހެޑް ވަނީ ޖޯނީ އާއި ދެކޮޅަށް ގެވެށި އަނިޔާ ކުރި ކަމުގެ ތުހުމަތުތަކެއް ކޮށްފައެވެ. އަދި ޔޫކޭ ގެ ނޫހެއްގައިމުގައިވާ ދަ ސަން އިން" ވައިފް ބީޓަރ' ގެ ނަމުގައި ޖޯނީއާއި ދެކޮޅަށް ލިޔުނު އާޓިކަލް އަކާއި ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ކޯޓުގައި މި މައްސަލަ ކުރިއަށް ދިޔައިރު، ޖޯނީގެ ކޮޅަށް މައްސަލަ ވަނީ ނިމިފައެވެ. ނަމަވެސް މި ކަމާއި ގުޅިގެން ޖޯނީ ޑެޕް އަށް ގިނަ ފިލްމްތަކެއް ގެއްލުމުގެ ސަބަބުން، ފޭނުން ވަނީ އެމްބާ ހެޑް އާއި ދެކޮޅަށް ނިކުމެ، "އެކުއަމޭން" ގެ ސީކުއަލް އިން އެމްބާ ހެޑް ބޭރުކުރަން ޖެހޭ ކަމަށް ބުނެ ޕެޓިޝަންތަކެއްގައިވެސް އޭރު ސޮއިކޮށްފަ އެވެ.

މި ކަމާއި ގުޅިގެން މި ފިލްމްގެ ދެވަނަ ބައިން އޭނާގެ ރޯލު ކުޑަ ކޮށްފައިވާ ކަމަށް އެމްބާ ހެޑް ވަނީ މިދިޔަ އަހަރު ބުނެފަ އެވެ. ނަމަވެސް ފިލްމްގެ ޑައިރެކްޓަރ ޖޭމްސް ވަން ބުނިގޮތުގައި، ފުރަތަމަ ބައިގެ ވާހަކަ "އާތާ" އާއި "މޭރާ"ގެ ލޯބީގެ ގުޅުމުގެ މައްޗަށް ބިނާކޮށް ގެނެސްދީފައި އޮތްނަމަވެސް، ފިލްމްގެ ދެވަނަ ބައިގެ ވާހަކަ ގެނެސްދޭން ކުރިންވެސް އޭނާ ނިއްމާފައި އޮތީ "އާތާ" އާއި އޭނަގެ ބޭބެ "އޯމް"ގެ ގުޅުމުގެ މައްޗަށެވެ. އެގޮތުން ދެވަނަ ބައިގައި އެމްބާ ހެޑްގެ ބައި ކުޑަކޮށްފައި ވާއިރު، ފިލްމްގެ ޓްރެއިލާއިންވެސް އޭނާ ފެނުނީ އެންމެ މަންޒަރަކުންނެވެ.

އެކުއަމޭން ގެ ފުރަތަމަ ފިލްމަކީ ޑީސީއީޔޫގެ ފިލްމްތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް މިހާތަނަށް ހޯދި ފިލްމެވެ. އެގޮތުން މި ފިލްމަށް ބޮކްސް އޮފީހުގައި ބިލިއަން ޑޮލަރުގެ އާމްދަނީއެއް ވަނީ ލިބިފައެވެ.

"އެކުއަމޭން އެންޑް ދަ ލޮސްޓް ކިންގްޑޮމް" ގެ ޓްރެއިލާއަށް ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު، މި ފިލްމް ރިލީޒްކުރަން ހަމަޖެހިފައި ވަނީ މިއަހަރު ޑިސެމްބަރު 20 ގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ