ރާއްޖޭގެ ރަށެއްގައި 16 އަހަރުގެ އަންހެން ކުއްޖަކަށް މަސްތުވާތަކެތި ދީ ބަދުއަހުލާޤީ ޢަމަލުހިންގަން ތިއްބާ އަތުލައިގެންފިއެވެ.
ފުލުހުން ވިދަޅުވީ، މި ހާދިސާ ހިނގާފައިވަނީ ރާއްޖޭގެ ދެކުނުގެ ރަށެއްގައި ކަމަށެވެ. ނަމަވެސް ކުއްޖާގެ ހައްޤަށް އުނިކަމެއް އަތުވެދާނެތީ ރަށް ވަނީ ސިއްރުކުރެވިފައެވެ.
"ރާއްޖޭގެ ދެކުނުގެ އަތޮޅެއްގެ ރަށެއްގައި 16 އަހަރުގެ އަންހެން ކުއްޖަކަށް މަސްތުވާތަކެތި ދީ، ބަދުއަހުލާޤީ ޢަމަލުހިންގަން ތިބިކަމުގެ މަޢުލޫމާތު 2019 ސެޕްޓެމްބަރު 6 ވަނަ ދުވަހުގެ 01:45 ހާއިރު، ފުލުހުންނަށް ލިބިފައިވޭ." ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 44 އަހަރުގެ ފިރިހެނަކާއި، 33 އަހަރުގެ ފިރިހެނެއް ކަމަށެވެ.
ޖެންޑަރ މިނިސްޓްރީން ވިދާޅުވީ، މި މައްސަލަ އެ މިނިސްޓްރީއަށް ހުށަހެޅިފައިވާ ކަމަށާއި، ފުލުހުންނާ ގުޅިގެން މައްސަލަ ބަލަމުންދާ ކަމަށެވެ.
މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ދަނީ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.





ހިޔާލު
Dhivehinnaky v hayaaiy kuda bayeh
Mihem comment jehyma bunaane hurihaa emmeneh nooney
Ekamalu fuluhaku sifain meehaku kameh kohfiyaa nukiyaa ehcheh noannaane