ދިރާގު މޯލްޑިވްސް ޓެނިސް އޯޕެން 2019 ރައީސް ނަޝީދު ޝަރަފުވެރިކޮށްދެއްވައިފި

ދިރާގު މޯލްޑިވްސް ޓެނިސް އޯޕެން 2019 ހުޅުވުމުގެ ރަސްމިއްޔާތު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

ޒުވާން ހުނަރުވެރި އެތަށް ކުދިންނެއް ފެނިގެންދާ މިމުބާރާތް މިއަދު ފެއްޓިފައިވާއިރު، މިމަހުގެ 15 ވަނަ ދުވަހާއި ހަމައަށް މިމުބާރާތް ކުރިއަށްދާނެކަމަށް ދިރާގުން ވިދާޅުވިއެވެ.

މީގެއިތުރުން ދިރާގުން ވިދާޅުވީ، މިމުބާރާތަކީ ބައިނަލްއަޤުވާމީ މުބާރާތަކަށްވާއިރު، އަވައްޓެރި ޤައުމުތަކުގެ ކުޅުންތެރިންވެސް ބައިވެރިވާކަމަށެވެ.

ދިރާގަކީ ޒުވާނުންގެ ކުރިއެރުމަށް ގިނަގުނަ މަސައްކަތެއް ކުރަމުންއަންނަ ކުންފުންޏަކަށްވާއިރު، ރާއްޖޭގައި ކުރިއަށްދާ އެތަށް ކުޅިވަރު ޙަރަކާތެއްގައި ދިރާގުގެ އެޙީތެރިކަން ލިބެމުން އަންނަކަންވެސް ފާހަގަކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ