ކުނި އުކާލުމުގެ އުޞޫލުތަކާ ޚިލާފުވި ހަތް ފަރާތެއް ޖޫރިމަނާ ކޮށްފިއެވެ.
ތިމާވެށި ފުލުހުންގެ ވޭތުވެދިޔަ ހަފްތާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން، ކުނި އުކާލުމުގެ އުޞޫލުތަކާ ޚިލާފުވެގެން ހަތް ފަރާތެއް ޖޫރިމަނާ ކޮށްފައިވެއެވެ.
ތިމާވެށި ފުލުހުންގެ ތަފާސްހިސާބަށް ބަލާއިރު، ހަތް ފަރާތެއް ޖޫރިމަނާ ކޮށްފައިވާއިރު، އުޞޫލުތަކާ ޚިލާފަށް ކުނި އުކާލަން މަސައްކަތްކުރި 137 ފަރާތަކަށް އަނގަބަހުން ފުލުހުން ނަސޭހަތްތެރިވެފައިވެއެވެ. އަދި 41 ގެ ނުވަތަ އޮފީހަކަށާއި، 5 ކެފޭ ނުވަތަ ރެސްޓޯރެންޓުގެ އިތުރުން 31 ފިހާރައަކަށްވެސް ތިމާވެށި ފުލުހުން ޒިޔާރަތް ކޮށްފައިވެއެވެ.
މީގެ އިތުރުން ކުންޏާއި، މަގުމައްޗަށް ކުނި އުކުމުގެ 87 މައްސަލައެއް ވޭތުވެދިޔަ ހަފްތާގެ ތެރޭގައި ތިމާވެށި ފުލުހުން ހައްލުކޮށްފައިވާއިރު، ކުންޏާ ގުޅުންހުރި 50 މައްސަލައެއް އަދިވެސް ހައްލު ނުކުރެވި އެބަހުއްޓެވެ.
ކުނި އުކާލުމުގެ އުޞޫލުތަކާ ޚިލާފުވި ފަރާޓްތަކުގެ އިތުރުން ދުންފަތް ކޮންޓްރޯލް ކުރުމުގެ ޤާނޫނުގެ ދަށުން، މަނާ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން 11 ފަރާތެއްވެސް ފުލުހުން ވަނީ ޖޫރިމަނާ ކޮށްފައެވެ.




