ބޮލީވުޑްގެ ބަތަލާ އިލިއާނާ ޑި ކްރޫޒްއާއި އޭނަގެ ދުވަސްވީ ލޯބިވެރިޔާ އެންޑްރޫ ނީބޯން އާއި ވަކިވެފައިވާ ހަބަރަކީ މި ދުވަސްކޮޅު ބޮލީވުޑްގައި އެންމެ ގަދަޔަށް ދެކެވޭ އެއް ހަބަރެވެ. އަދި އިލިއާނާ ވަނީ މި ވާހަކަތައް ކަށަވަރުވެސްކޮށްދީފައެވެ.
އިލިއާނާ މިހާރު ހުރީ ސިންގަލްކޮށްކަން އޭނަގެ އިންސްޓަރގްރަމް ގެ ސްޓޯރީގައި ކަށަވަރުކޮށްދީފައިވާއިރު، މިހާރު އޭނަ އިންސްޓަގްރަމްގައި ފެންނަނީ ވަރަށް އެކްޓިވްކޮށެވެ.
އިލިއާނާ އާނަގެ ހިތްގައިމު ފޮޓޯތަކެއް މިދުވަސްކޮޅު އިންސްޓްގްރަމްގައި ހިއްސާކުރަމުންދާއިރު، ފޭނުންގެ ސަމާލުކަމަށްވެސް މި ފޮޓޯތައްވަނީ އައިސްފައެވެ.
ފޮޓޯގްރަފަރެއްކަމުގައިވާ އެންޑްރޫ އާއި އިލިއާނާ ރުޅިވެގެން އުޅޭކަމުގައި ވާހަކަތައް މީޑިއާގައި މީގެ ކުރިން ފެތުރިފައިވާއިރު، އިލިއާނާ ވަނީ ލޯބިވެރިޔާއާއެކު ނަގާފައިވާ ފޮޓޯތައްވެސް އިންސްޓަގްރަމް އިން ފޮހެލާފައެވެ. އަދި ދެމީހުންވަނީ އިންސްޓަގްރަމްއިން އަންފޮލޯކޮށްފައި ކަމަށްވެސް މައުލޫމާތު ލިބެއެވެ.
View this post on InstagramA post shared by Ileana D'Cruz (@ileana_official) on
އިލިއާނާ ބޮލީވުޑްއަށް ތައާރަފްވެފައިވަނީ، ރަންބީރު ކަޕޫރު އަދި ޕްރިޔަންކާ ޗޯޕުރާއާއެކު ފެނިގެންދިޔަ ފިލްމް "ބަރްފީ" އިންނެވެ.
އޭގެފަހު ބޮލީވުޑްގެ ގިނަ ކާމިޔާބު ފިލްމްތަކުން އިލިއާނާ ފެނިގެންގޮސްފައިވާއިރު، އޭނަ އެންމެފަހުން ފެނިގެންގޮސްފައިވަނީ، އަޖޭ ދޭވްގަން އާއެކު ފެނިގެންގޮސްފައިވާ ފިލްމް "ރައިޑް" އިންނެވެ.




