ސްޓެލްކޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ވަގުތު

ކަރަންޓް ބޭނުން ކުރެވޭވަރު ވަގުތުން ބަލާލެވޭގޮތް ސްޓެލްކޯއިން ހަަދަނީ

މާލެއަށާއި ބައެއް ރަށަރަށް ކަރަންޓްގެ ޚިދުމަތް ދެމުންއަންނަ ސްޓެލްކޯއިން އަންނަ އަހަރު ސްމާޓް މީޓަރ ތަޢާރަފް ކުރަން ނިންމާފައިވާ ކަމުގައި އެކުންފުނިން ބުނެފިއެވެ.

އެ ކުންފުނިން މިހެން ބުނެފައިވަނީ ސްޓެލްކޯއަށް 70 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން މިއަދު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހަސަން މުގުނީ ވާހަކަފުޅު ދައްކަވަމުންނެވެ.

މުގުނީ ވިދާޅުވެފައިވަނީ ސްމާޓް މީޓަރުތައް މެދުވެރިކޮށް ކަރަންޓް ބޭނުން ކުރަނީ ކިހާވަރަށްތޯ ވަގުތުން ބަލާލެވޭނެ ކަމަށެވެ. "އަޅުގަނޑުމެން ކަސްޓަމަރުންނަށް މި ދޫކޮށްލަނީ އެޕްލިކޭޝަނެއް ކަމަށާއި، އެ އެޕްލިކޭޝަނުން ލިބޭ ރޯ ޑޭޓާ ރީޑް ކުރެވޭ އިންފޮމޭޝަން އަށް ޗޭންޖްކޮށް ކަސްޓަމަރުން ބޭނުންވާ އިންފޮމޭޝަން ބަލާލެވޭނެ" ކަމަށް މުގުނީ ވިދާޅުވިއެވެ.

މުގުނީ ވިދާޅުވީ ސްޓެލްކޯއިން ތައާރަފް ކުރަން ހަމަޖެހިފައިވާ ސްމާޓް މީޓަރުތަކާއެކު ކަރަންޓް ބިލް ދެއްކުމަށް ޕްރިޕެއިޑް އޮޕްޝަންސްތަކެއް ދިނުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން ސްމާޓް މީޓަރުގެ ނިޒާމް ތައާރަފް ކުރުމާއެކު ހުރިހާ ގޭބިސީއެއްގައި މިހާރު ބޭނުންކުރަމުންދާ މީޓަރުތައް ބަދަލުކުރަން ޖެހޭނެކަމަށާއި، ސްމާޓް މީޓަރުގެ ޚިދުމަތް ލިބޭނީ އާ މީޓަރުތައް އިންސްޓޯލް ކުރުމުން ކަމަށް މުގުނީ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ