ރާއްޖޭގައ ޚިދުމަތް ދެމުން އަންނަ އެންމެ ބޮޑު އަމިއްލަ ހޮސްޕިޓަލް، އޭޑީކޭއިން ދެމުން އަންނަ ބައެއް ޚިދުމަތްތަކުގެ އަގު ބޮޑުކޮށްފައިވާކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.
އޭޑީކޭއިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، 2008 ވަނަ އަހަރުން ފެށިގެން ޑޮކްޓަރަށް ދެއްކުމުގެ ފީ އަދި 2012 ވަނަ އަހަރުން ފެށިގެން އެހެނިހެން ޚިދުމަތްތަކުގެ ފީ އެ ހޮސްޕިޓަލުން ބޮޑުކޮށްފައި ނުވީ ނަމަވެސް އެ މުއްދަތުގައި އެ ހޮސްޕިޓަލްގެ މުވައްޒަފުންގެ މުސާރައާއި އުޖޫރައަށް ކުރާ ޚަރަދު 115 އިންސައްތަ އަދި ޚިދުމަތް ދިނުމަށް ބޭނުންވާ މެޝިނަރީއާއި ކޮންސިއުމަބަލްސް އަދި އެހެނިހެން ތަކެތި ހޯދުމަށް ކުރާ ޚަރަދު 117 އިންސައްތަ ބޮޑުވެފައިވާ ކަމަށެވެ.
"ކަން މިހެން ހުރުމާއެކު މި ހޮސްޕިޓަލުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ އަގަށް ކޮންމެވެސް ވަރެއްގެ ބަދަލެއް ގެނެސްގެން ނޫނީ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ މާލީގޮތުން ދެކޮޅުޖެއްސޭނެ ކަމަކަށްނުވާތީ، ބައެއް ޚިދުމަތްތަކުގެ އަގުތަކަށް ބަދަލުގެންނަން ނިންމާފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވިން." އޭޑީކޭ ހޮސްޕިޓަލްގެ ނޫސްބަޔާނުގައި ވިދާޅުވެފައިވެއެވެ.
އޭޑީކޭއިން ވިދާޅުވީ، މިފެށޭ މާރޗް މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ ހޮސްޕިޓަލުން ދޭ ބައެއް ޚިދުމަތްތަކުގެ އަގަށް ބަދަލު އަންނާނެ ކަމަށާއި، އޭގެ ތެރޭގައި ޑޮކްޓަރަށް ދެއްކުމުގެ ފީ އާއި އެނދުގެ އަގުގެ އިތުރުން ބައެއް އޮޕަރޭޝަންތަކުގެ ފީތަކަށްވެސް ބަދަލު އަންނާނެ ކަމަށެވެ.
އޭޑީކޭއިން އަގު ބޮޑުކުރި ޚިދުމަތްތަކުގެ އަގަށް އަންނަ ބަދަލު ހާމަކޮށްފައި ނުވީ ނަމަވެސް، އެ ހޮސްޕިޓަލްގެ ކައުންޓަރުން އަގަށް ގެނައި ބަދަލު އެނގިލައްވާނެ ކަމަށް ނޫސްބަޔާނުގައި ވިދާޅުވެފައިވެއެވެ.
އޭޑީކޭއަކީ ގިނަ ބަޔަކު ޚިދުމަތް ހޯދަމުން އަންނ 15 ސްޕެޝަލްޓީ އަދި 8 ސުޕަ ސްޕަރ ސްޕެޝަލްޓީގެ ޚިދުމަތް ދެމުން އަންނަ ބޮޑު ހޮސްޕިޓަލެކެވެ.
ހިޔާލު
Adhives kudaee tha negeyleh? Aharen hadhaan ebahuri 1997 gai ahraen ge dharifulhu ge sizerian hadhan 19000.00
ކޮމެންޓް ކުރުން ބަންދު