ކުމުންދޫ - ފޮޓޯ: ކުމުންދޫ ސްކޫލް

އިންޖީނުތަކަށް ދިމާވި މައްސަލައަކާއި ގުޅިގެން ކުމުންދޫގެ އެކި ސަރަޙައްދުތަކުން ކަރަންޓު ކަނޑަނީ

އިންޖީނުތަކަށް ދިމާވި މައްސަލައަކާއި ގުޅިގެން ހދ. ކުމުންދޫގެ އެކި ސަރަޙައްދުތަކުން ކަރަންޓު ކަނޑަމުން އެބަދެއެވެ.

ފެނަކަ ކޯޕަރޭޝަންގެ މީޑިއާ ކޯޑިނޭޓަރު މިނޫހަށް ވިދާޅުވީ، ހދ.ކުމުންދޫގެ ރައްޔިތުން ކަރަންޓު ދިނުމަށް އެރަށު އިންޖީނުގޭގައި ބޭނުންކުރަމުންދަނީ ތިން އިންޖީނުކަމަށްވާއިރު، އެއީ 200 ކިލޯވޯޓް، 160 ކިލޯވޯޓް އަދި 104 ކިލޯވޯޓުގެ ތިން އިންޖީނުކަމަށެވެ.

އަދި އޭގެތެރެއިން 200 ކިލޯވޯޓުގެ އިންޖީނަށް ދިމާވި މައްސަލައަކާއި ގުޅިގެން، ބާކީހުރި ދެ އިންޖީނުގެ އެހީގައި މުޅިރަށް ކަރަންޓު ދެމުން ދަނިކޮށް އޭގެތެރެއިން އެއް އިންޖީނަށް ދިމާވި މައްސަލައަކާއި ގުޅިގެން، ބާކީހުރި އިންޖީނުން މުޅި ރަށަށް ކަރަންޓް ފޯރުކޮށް ނުދެވޭތީ ރަށުގެ މަގުމަތީ ލައިޓްތަކުންނާއި ސަރުކާރުގެ ޢިމާރާތްތަކުން ކަރަންޓު ކަނޑާލެވިފައިވާކަމަށްވެސް ފެނަކައިންވަނީ ވިދާޅުވެފައެވެ.

ދެވަނަ އިންޖީނަށް މައްސަލަ ދިމާވެފައިވަނީ އިއްޔެއިން ފެށިގެން އެރަށަށް ކަރަންޓު ދެމުންދިޔަ ދެ އިންޖީނުގެ ތެރެއިން އެއް އިންޖީންއަށް ތެޔޮއަޅަށް އެއިންޖީން ނިވާލި ވަގުތުކަމަށް ފެނަކައިން ވިދާޅުވެފައިވާއިރު، އިންޖީނުން ހަލާކުވި ބައި އެރަށު ކައިރި ރަށަކުން ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށާއި، ގަޑިއެއްހާއިރުތެރޭ މުޅިރަށް ކަރަންޓް ދެވޭނެކަމަށްވެސް ފެނަކައިންވަނީ ވިދާޅުވެފައެވެ.

ފެނަކައިން މިހެން ވިދާޅުވިނަމަވެސް ކުމުންދޫ ކައުންސިލްގެ ރައީސް ޢަމީން މުޙައްމަދު މިނޫހަށް ވިދާޅުވީ އެރަށުގެ އިންޖީނުތަކަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަރަންޓް ދެމުންދަނީ ރަށުގެ އެކި ސަރަޙައްދަށް އެކިފަހަރުކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ