ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ވެބްސައިޓް މިރޭ ދަންވަރު ބޭނުން ނުކުރެވޭނެކަމަށް އެބޭންކުން ބުނެފިއެވެ.
ބީއެމްއެލް އިން ކުރި ޓުވީޓެއްގައި ބުނީ، މަރާމާތުގެ މަސައްކަތެއް ކުރުމަށް ހަމަޖެހިފައިވާތީވެ މިރޭ 1:00 އިން 3:00 އަށް އެބޭންކުގެ ވެބްސައިޓަށް ނުވަދެވޭނެ ކަމަށެވެ. ނަމަވެސް އިންޓަރނެޓް ބޭންކުގެ ހިދުމަތް ބޭނުން ކުރެވޭނެ ލިންކެއް އެބޭންކުންވަނީ ފޯރުކޮށްދީފައެވެ.
Please note that our website will not be accessible from 1 - 3 am tonight due to a planned maintenance. You can continue to use Internet Banking via the below link: https://t.co/tJ3PBE91vU
— Bank of Maldives (@bankofmaldives) September 9, 2019
ބީއެމްއެލް އިން ދޭތެރެ ދޭތެރެއިން އެބޭންކުގެ މަރާމާތުގެ މަސައްކަތްތަކަށް އެބޭންކުގެ ބައެއް ހިދުމަތްތައް މެދުކަނޑާލައެވެ.



