ހޮލީވުޑްގައި މިހާރު ވިދަމުންއަންނަ ބަތަލާ ޕްރިޔަންކާ ޗޯޕުރާ، ގިނަ ދުވަސްތަކަކަށްފަހު ފެނިގެންދާ ފުރަތަމަ ބޮލީވުޑްގެ ފިލްމް "ދަ ސްކައި އިޒް ޕިންކް" ގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފިއެވެ.
ޕްރިޔަންކާ އިއްޔެ ކޮށްފައިވާ ޓްވީޓެއްގައި ފިލްމްގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފައިވާއިރު، ކެޕްޝަންގައި ލިޔެފައިވަނީ، މިއަދު ހެނދުނު 10:00 ގައި ފިލްމްގެ ފުރަތަމަ ޓްރެއިލާވެސް ރިލީޒްކުރާނެކަމަށެވެ.
ޝޮނާލީ ބޯސް ޑައިރެކްޓްކޮށްފައިވާ "ދަ ސްކަ އިޒް ޕިންކް" 2015 ގައި މަރުވި އިންޑިއާގެ ކުރީގެ ލިޔުންތެރިޔާ އަދި މޯޓިވޭޝަނަލް ސްޕީކާ އައިޝާގެ ޗައުދަރީގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.
ފިލްމް ލީޑު ރޯލުން ޕްރިޔަންކާއެކު ދެން ފެނިގެންދާނީ ބޮލީވުޑްގެ މަޝްހޫރުތަރި ފަރްހާން އަހްތަރް އަދި ދާދިފަހަކުން ފިލްމް ކުޅުން ދޫކޮށްލި ފިލްމް “ޑަންގަލް” އަދި “ސީކުރެޓް ސުޕަރސްޓާ” ގެ ބަތަލާ ޒާއިރާ ވަސީމްއެވެ.
ފިލްމުގައި އައިޝާގެ ރޯލް ޒާއިރާ ކުޅެފައިވާއިރު، ޕްރިޔަންކާ އާއި ފަރުހާން ފިލްމްގައި ފެނިގެން ދާނީ އޭނާގެ މައިންބަފައިންގެ ރޯލުންނެވެ.
ގާތްގަނޑަކަށް 3 އަހަރުގެ މެދުކެނޑުމަކަށްފަހު ޕްރިޔަންކާ ޗޯޕުރާ ބޮލީވުޑްގެ ބޮޑު ސްކްރީނަށް އެނބުރި އަންނައިރު، އާނަގެ ފޭނުންމި ފިލްމަށް ކުރާ އުއްމީދު ވަރަށް ބޮޑުވާނެއެވެ.
In this family, crazy doesn’t skip a generation! We bring to you #TheSkyIsPink trailer tomorrow
— PRIYANKA (@priyankachopra) September 9, 2019
at 10 AM!@FarOutAkhtar @ZairaWasimmm #RohitSaraf #ShonaliBose @RonnieScrewvala @RSVPMovies #SiddharthRoyKapur @roykapurfilms @PurplePebblePic #SKGlobal pic.twitter.com/WvKovTQ1ht
ފާއިތުވެ ދުވަސްތަކުގައި ޕްރިޔަންކާ ފެނިގެންގޮސްފައިވަނީ ހޮލީވުޑްގެ މަސައްކަތްތަކުންނެވެ. އެގޮތުން ޕްރިޔަންކާ އެންމެ ފަހުން ފެނިގެންގޮސްފައިވަނީ، ރިބެލް ވިލްސަން އަދި ކްރިސް ހެމްސްވޮތް ފަދަ ތަރިންނާއެކު "އިޒި އިންޓް އިޓް ރޮމޭންޓިކްއިންނެވެ.
މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހުއެވެ.




