އިންސްޓަގްރާމް: ފޮލޯބެކް ކުރުމުން އަންފޮލޯ ކުރަން ދޯ؟

ދިވެހިންގެ ތެރޭގައިވެސް މިހާރު އެންމެ މަގުބޫލު ސޯޝަލް މީޑިއާ ޕްލެޓްފޯމަކީ އިންސްޓަގްރަމްއޭ ބުނުމުން މިކަމާއި ދެކޮޅުވާނެ ދިވެއްސެއް މަދުވާނެއެވެ. ޒަމާނަށް އައިސްފައިވާ ބަދަލާއެކު، ހާއްސަކޮށް އަންހެންކުދިން މަޝްހޫރުވުމަށް މިހާރު ގެންގުޅޭ އެއް އާލާތަކީވެސް މިއީއެވެ.

މަޝްހޫރުކަމާއި މީހުންގެ ސަމާލުކަން ހޯދަން އިންސްޓްގަރަމް މިއީ މިހާރު އެއްވަނައެވެ. ކިތަންމެ ނޫންކަމަށް ހަދައިގެން އުޅުނަސް ފޮލޯވާސް ގިނަކުރަން ޒާތްޒާތަށް ފޮޓޯ ނެގުމަށްފަހު އިންސްޓަގްރަމްއަށް އަޅަނީ ހަމަ މީހުންގެ ސަމާލުކަން ހޯދާ ފޮލޯވާރސް ގިނަ ކުރަންށެވެ. މީގެ ތެރެއިންވެސް މިހާރުގެ ޒުވާންކުދިން ބޭނުންކުރާ އުކުޅެއް އޮވެއެވެ. އެއީ އިންސްޓަގްރަމް އިން މީހުންނަށް ފޮލޯކުރުމަށްފަހު އެމީހަކު އަނބުރާ ފޮލޯ ކުރުމުން އަންފޮލޯ ކޮށްލަނީއެވެ.

މިކަމުގެ ބޭނުމަކީ މީހާގެ މަޝްހޫރުކަމާއެކު މަގުބޫލުކަން އެހެންމީހުންނަށް ދެއްކުމެވެ. ދުނިޔޭގެ މަޝްހޫރު ފަންނާނުން ފޮލޯކުރާ އެހެން މީހުންގެ ލިސްޓް ކުޑަވުމުގެ އުސޫލުން، ބޭނުންވަނީ ތިމާވެސް އިންސްޓަގަރަމް ފޮލޯ ކުރާ މީހުން މަދުކޮށް، އިންސްޓަގަރަމްގައި އެންމެ ފޮލޯވަރުން ގިނަ މީހާއަށް ވާށެވެ.

މަޝްހޫރުވާން ބޭނުންވާލެއް ބޮޑުކަމުން، ފުރަތަމަ ގިނަ މީހުންތަކަކަށް ފޮލޯކުރުމަށްފަހު، އެމީހުން ފަހުން އަންފޮލޯކޮށްލަނީއެވެ. ކޮންމެއަކަސް މިއީ ގިނަ ދިވެހިންވެސް ނުކުރާ ކަމެކޭ ނުބުނެވޭނެއެވެ. ބޭނުންވަނީ ތިމާގެ ވާހަކަތަކާއި ފޮޓޯތައް ގިނަ ބަޔަކަށް ހިއްސާކުރާށެވެ. ދުނިޔޭގެ މަޝްހޫރު ސެލެބްރިޓީންއެކޭ އެއްފަދައިން ސްޓާރެއްގެ އިހްސާސްކުރެވެނީ މިގޮތަށް އިންސްޓަގްރަމްގެ ޕްރޮފައިލް މީހުންނަށް ފެނުމުންކަމަށްވެސް ބައެއް މީހުން ބުނެއެވެ.

ދުވަހެއް ދުވަހަކުން އިންސްޓްގަރަމްއިން ތިމާއަށް ފޮލޯކުރާމީހުންގެ އަދަދު އަޅެ ބަލާލަބަލާށެވެ. ފޮލޯވަރުން މަދުވާކަން ފާހަގަކުރެވޭނެއެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. އަޒްރަފް

    ދީނާ މޯލްޑިވްސް ކުރާ ކަމެއްތީ..

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ