އެންމެފަހުން "ފްރެންޑްސް"ގެ ފަހަތުން "މެތިއު ޕެރީ" ވެސް އިންސްޓްގްރާމަށް!

ނަވާރަސަތޭކަ ނުވަދިހަ ހަތަރުވަނަ އަހަރު ނުކުތް ދުނިޔޭގެ އެންމެ ކާމިޔާބު ޓީވީ ޝޯ “ފްރެންޑްސް” ގެ ތަރިންނަކީ ސޯޝަލް މީޑިއާއި ދުރު އެހެންނަމަވެސް ދުނިޔޭގެ އެންމެ ބޮޑު ފޭން ބޭސްއެއް އޮންނަ އެކްޓަރުންނެވެ. އެހެންނަމަވެސް ފަހަކަށްއައިސް މި ތަރިން ސޯޝަލް މީޑިއާއައި ގުޅޭކަމުގެ ޙަބަރުތަކަކީ މީޑީއާގައި އެންމެ މަޤުބޫލު ޙަބަރުތަކެކެވެ. އެގޮތުން ފްރެންޑްސްގެ ތަރިންތަކުގެ ތެރެއިން އިންސްޓްގްރާމްއާއިިި ނުގުޅޭ ތަރި "މެތިއު ޕެރީ"، ޝޯގެ ނަމުންނަމަ "ޗެންދްލާ" މިވަނީ އިންސްޓަގްރަމްގައި އެކައުންޓެއް ހުޅުވާފައެވެ.

މީގެ ހަތަރު ދުވަސްކުރިން، މެތިއު އިންސްޓަގްރަމް އާއި ގުޅިފައިވާއިރު، އޭނަގެ ރަހްމަތްތެރިން އަދި ފްރެންޑްސް ސީރީޒްގެ ތަރިން، ޖެނިފާ، ލީސާ، ކޯޓްނީ އަދި މެޓް ވަނީ މެތިއު އަށް މަރުޙަބާ ކިޔާފައެވެ.

މެތިއު އިންސްޓަގްރަމް އާއި ގުޅުނުތާ އެންމެ ދުވަހެއްގެ ތެރޭގައި 4 މިލިއަން ފޮލޯވާރސް ހޯދާފައިވާއިރު، އޭނާ އިންސްޓަގްރަމް ގައި ހިއްސާކުރި އެންމެ ފުރަތަމަ ޕޯސްޓަކީ، ފްރެންޑްސްގެ މަންޒަރެކެވެ. އެއީ އެންމެން ހެއްވާލި އޭނަގެ މަޖާ ޑާންސް ސްޓެޕްއެވެ.

މެތިއުގެ ކުރިން، ފްރެންޑްސްގެ އެންމެ މަގުބޫލު ތަރި ޖެނިފާވެސް މިދިޔަ އަހަރު ސޯޝަލް މީޑިއާގައި އޭނަ ހުޅުވި ފުރަތަމަ އެކައުންޓް އިންސްޓަގްރަމްގައި ހުޅުވުމާއެކު، ދުނިޔޭގެ ރިކޯޑު ފޮތުންވެސް އޭނާ ވަނީ ޖާގަ ހޯދާފައެވެ.

އިންސްޓަގްރަމްގައި އެންމެ އަވަހަށް 1 މިލިއަން ފޮލޯވަރުން ހޯދުމުގެ ޝަރަފާއެކު ޖެނިފާ އެނިސްޓަން ވަނީ ދުނިޔޭގެ ގިނެސް ވޯލްޑް ރެކޯޑްސް ފޮތުން ޖާގަ ހޯދާފައެވެ. ޖެނިފާ ތާރީހުގެ ތެރެއަށް ވަދެފައިވަނީ، މީގެ ކުރިން މި ރިކޯޑު އޮތް ޕްރިންސް ހެރީ އަދި މޭގަން މާކަލްގެ ރިކޯޑު މުގުރާލުމަށްފަހުއެވެ.

ދުނިޔޭގެ އެންމެ ގިނަ ބޮޑު ފޭން ބޭސްއެއް އޮންނަ ފްރެންޑްސްއަކީ، ދިވެހިންގެ ތެރޭގައިވެސް ވަރަށް މަގުބޫލު ސީރީޒްއެކެވެ. މި ސީރީޒްއަށް ލިބެމުން އަންނަ މަގުބޫލުކަމަށް މިހާތަނަށް އައިރު އެއްވެސް ފަނޑުކަމެއް އައިސްފައިނުވާއިރު، މި ސީރީޒްގެ ހުރިހާ ތަރިންނަކީވެސް ދިވެހިންގެ އެންމެ ފޭވަރިޓެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ