މިރޭ 20:00 ގައި ގަލޮޅު ދަނޑުގައި ފެށުމަށް ހަމަޖެހިަފއިވާ ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާ އަދި ރާއްޖެ ބައްދަލުކުރާ މެޗަށް އިތުރަށް ޓިކެޓް ވިއްކެން ނެތްކަމަށް ޔޫތް މިނިސްޓަރ އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.
މަޙްލޫފް މިހެން ވިދާޅުވީ، ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފް އާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު ޓްގެކުރައްވައި ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ.
ސުޒައިންގެ ޓްވީޓްގައި ބުނެފައިވަނީ، ކަމާ ބެހޭ ތަޖުރިބާކާރުންނާ މަޝްވަރާކޮށް ސާވޭ އަލުން ހަދައިގެން ނަމަވެސް، ބަންދުކޮށްފައިވާ ގަލޮޅު ދަނޑުގެ ސިޑިބަރިތައް އަލުން ހުޅުވާލަން މަސައްކަތް ކުރުން މުހިންމު ކަމަށެވެ.
މަޙްލޫފް ވިދާޅުވީ، ދަނޑުގެ ސިޑިބަރި ބޭނުންނުކުރުން ޕްލޭނިންގ މިނިސްޓްރީން އަންގާފައިވަނިކޮށް، އެ ސިޑިބަރިތައް ބޭނުންކުރަން ހުއްދަ ނުދެވޭނެ ކަމަށެވެ.
"ރައްޔިތުންގެ ފުރާނައަށް ގެއްލުމެއް ލިބިދާނެ ކަމަކަށް ހުއްދައެއް ނުދެވޭނެ." ޔޫތް މިނިސްޓަރ އަޙްމަދު މަޙްލޫފް ވިދާޅުވިއެވެ.
މަޙްލޫފް އިތުރަށް ވިދާޅުވީ، ގަލޮޅު ގަނޑު ޖެހޭނީ ތަޅާލަން ކަމަށާއި، ސްޓޭޑިއަމެއް އަޅަން ފައިސާ ހޯދުމުގެ މަސައްކަތް ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝާހިދު ކުރައްވަމުން ގެންދަވާ ކަމަށެވެ.
މިވަގުތު ގަލޮޅު ދަނޑުގައި ބޭނުންކުރެވެނީ ދަނޑުގެ އުތުރ ފަރާތު ސިޑިބަރިއާއި، ހުޅަނގު ފަރާތު ސިޑިބަރި އެކަނިކަމުން، ކުރިން 8،000 އެއްހާ ސަޕޯޓަރުންނަށް ވަދެވޭއިރު، ޗައިނާ މެޗަށް ވަދެވޭނީ 3400 ސަޕޯޓަރުންނަށެވެ.




