އައްޑޫ ސިޓީ ހުޅުމީދޫ ފްލެޓްތައް - ފޮޓޯ: ޕީއެސްއެމް

ހުއްޓިފައިހުރި ހުރިހާ ހައުސިންގ ޔުނިޓްތައް މިއަހަރު ނިންމަނީ

ރާއްޖޭގެ ގިނަ ރަށްރަށުގައި މަސައްކަތް ހުއްޓިފައިހުރި ހައުސިންގ ޔުނިތްތަކުގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމާނެކަމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ވިދާޅުވެއްޖެއެވެ.

މިކަމާއި ގުޅޭ ގޮތުން އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޚާލިސް ޕީއެސްއެމްއަށް ވިދާޅުވީ އާ ސަރުކާރު ހަވާލުވިއިރު މަސައްކަތް ފުރިހަމަ ނުކޮށް، މަސައްކަތް ހުއްޓާލާފައިވާ ހައުސިންގ ޔުނިތްތައް ގިނަ ރަށްތަކުގައި ހުރިކަމަށާއި، މިގޮތަށް ހުރި ހުރިހާ ރަށެއްގެ މަސައްކަތްވެސް މިހާރު ފެށިގެން ކުރިއަށްދާކަމަށެވެ.

މި ގޮތަށް މަސައްކަތް ނުނިމިހުރި ރަށްރަށުގެ ތެރޭގައި ދިއްދޫ، ކުޅުދުއްފުށި، ތުޅާދޫ، ފުވައްމުލައް އަދި ގއ، ގދއާއި އައްޑޫ ސިޓީގެ ބައެއް ރަށްރަށް ހިމެނެއެވެ.

ޚާލިސް ވިދާޅުވީ ހައުސިންގ ޔުނިޓް އަޅަންފެށި ގިނަ ރަށްތަކުގައި ނިންމާފައިހުރި ސިވިލް މަސައްކަތް، ނުވަތަ ކޮންސްޓްރަކްޝަންއާއި ގުޅުންހުރި މަސައްކަތްތައް އެކަނި ކަމަށެވެ. މީގެތެރެއިން ފެނާއި، ނަރުދަމާއާއި، ކަރަންޓުގެ މަސައްކަތްތައް އެއްގޮތަކަށްވެސް ނުފަށާ ހުރި ރަށްތަކާއި، އަދި މަސައްކަތް ހުއްޓިފައި ހުރި ރަށްތައް ގިނަކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ނުނިމިހުރި މަސައްކަތް ކުރުމަށް މިހާރު ކުންފުނިތަކާއި ހަވާލުކޮށްފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މަސައްކަތް ދިގުދެމިގެންދިޔަ ބައެއް ރަށްތަކުގެ ހައުސިންގ ޔުނިޓްގެ ތަށިމުއްޓާއި ޓިނުފަދަ ތަކެތި ވެސް ބަދަލުކުރަން ޖެހިފައިވާކަމަށާއި، މިކަމަށް ސަރުކާރުން ބޮޑު ހޭދައެއް ކުރަންޖެހޭކަމަށް ޚާލިް ބުނެފައިވެއެވެ.

މީގެ އިތުރުން ހަވާލުނުކޮށްހުރި ހައުސިންގ ޔުނިޓްތައް ހަވާލުކުރުމުގެ މަސައްކަތްފަށާފައިވާއިރު، ކުރިން ފްލެޓްދިން ލިސްޓަށް ފުލެޓްދީފައިވަނީ ޙައްޤުވެރިފަރާތްތޯ ބެލުމަށް އަލުން ކައުންސިލްތަކުގެ ބެލުމުގެ ދަށުން ރިވިއުކުރަންވަނީ ފަށާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ