މޮޅު ކެމެރާ ހިމެނޭ އައިފޯން 11 ނެރެފި

ފަހަތުގައި ވަރުގަދަ ދެ ކެމެރާ ހިމެނޭ އެޕަލްގެ އައު އައިފޯން، "އައިފޯން 11" ނެރެފިއެވެ.

ދާދި ދެންމެ އެޕަލް އިން ދައްކާލި "އައިފޯން 11" ގެ ފަހަތުގައި 12 މެގަޕިކްސެލްގެ ދެ ކެމެރާ ހިމަނާފައިވާއިރު، އެއް ކެމެރާއަކީ އެފް 1.8 ގެ 26މމ ގެ ވައިޑް އޭންގަލް ކެމެރާއެކެވެ. މި ކެމެރާއަކީ އޮޕްޓިކަލް އިމޭޖް ސްޓެބްލައިޒޭޝަން ހިމެނޭ 100 އިންސައްތަ ފޯކަސް ޕިކްސެލް ކެމެރާއެކެވެ.

އައު އައިފޯނުގެ ފަހަތުގައި ހިމެނޭ ދެވަނަ ކެމެރާއަކީ، 12 މެގަޕިކްސެލްގެ އެފް2.4ގެ 13މމ ގެ އަލްޓްރާ ވައިޑް ކެމެރާއެކެވެ. މި ކެމެރާއަކީ 120 ޑިގްރީ ވިއުގެ 5 އެލެމެންޓްސް ކެމެރާއެކެވެ.

6.11 އިންޗި ރެޓީނާ ޑިސްޕްލޭއެއް ހިމެނޭ އާ އައިފޯން ނެރޭއިރު، އޭގެ ތެރޭގައި ހިމެނެނީ ދަނބު، ހުދު، ފެހި، ރީދޫ، ކަޅު އަދި ޕްރޮޑަކްޓް ރަތް ކުލައެވެ.

699 ޑޮލަރަށް ވިއްކަން ފަށާ އައިފޯން 11 ގައި "ސްލޯފީސް" ގެ ނަމުގައި ސްލޯމޯ ސެލްފީ ވަނީ ހިމަނާފައެވެ.

ކުރީގެ އައިފޯނުތަކަށްވުރެ އެތައް ގުނައެއް ބާރުގަދަ ޑިސްޕްލޭއަކާއެކު އުފައްދާފައިވާ މި އައިފޯނުގައި އެންމެ ޚާއްސަ އެއްކަމަކީ ފޯނުގެ ގްރެފިކްސް މަތިވުމަށްވާއިރު، އެންމެ ފަހުގެ ވީޑިއޯ ގޭމްތައް މި އައިފޯނުން އެއްވެސް އަޅައިގަތުމެއް ނެތި ކުޅެވޭނެ ކަމަށް އެޕަލްއިން މިރޭ ބުންޏެވެ.

އެޕަލް އައިފޯން 11 ގައި ބޭނުންކޮށްފައިވާ އޭ13 ބަޔޮނިކް ޗިޕަކީ މިހާތަނަށް ސްމާޓް ފޯނެއްގައި ބޭނުންކުރާ އެންމެ ވަރުގަދަ ޗިޕް އަދި މިހާތަނަށް ފޯނެއްގައި ބޭނުންކުރެވޭ ސީޕީޔޫ އަދި ޖީޕީޔޫގެ އެންމެ ހަލުވި ޓެކްނޮލޮޖީއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ