އެޕަލް ކުންފުނިން އެކުންފުނީގެ ވާޗުއަލް "ޓައިމް ފްލައިސް" އިވެންޓު މިރޭ އޮއްނާނެކަން އިއުލާން ކުރީންސުރެ އާ އައިފޯން، އައިފޯން 12 ނެރޭނެކަމުގެ އިންތިޒާރުގައި ތިބި އައިފޯނު ފޭނުންގެ ގިނަ ބަޔަކު މާޔޫސް ކުރުވާ އާ އައިފޯނެއް އިއުލާން ނުކޮށް އެޕަލް ކުންފުނީގެ އިވެންޓު ނިންމާލައިފިއެވެ.
އެޕަލް ކުންފުނީގެ އާ އުފެއްދުންތައް އިއުލާން ކުރުމަށް ކޮންމެ އަހަރަކުވެސް އެކުންފުނިން ސެޕްޓެންބަރުމަހު ތެރޭ ބާއްވާ ކުންފުނީގެ އެންމެ ބޮޑު އިވެންޓުގައި އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ އާ ޕުރަޑަކްޓަކީ އައިފޯނެވެ. ނަމަވެސް މިރޭ އެ އިވެންޓު ނިންމާލިއިރުވެސް އާ އައިފޯނެއް އިއުލާން ކޮށްފައެއް ނުވެއެވެ.
މިރޭގެ އިވެންޓުގައި މުޅިން އާއެއްޗަކަށް އިއުލާންކުރި ހާއްސަ އެއްޗިއްސަކީ އެޕަލް ގަޑި އާއި އައިޕެޑްގެ އާ ވާޝަން އެކެވެ. މިއާއެކު މީސްމީޑިއާ ވެބްސައިޓުތައްވަނީ އައިފޭން ފޭނުންގެ އިހުސާސްތަކުން ބަނޑުން ކޮށްލާފައެވެ.
They didn't release the iPhone 12 at the #AppleEvent
Kidney joke: pic.twitter.com/s6mqOOnvsR
— Jameson (@OnlyFans____) September 15, 2020
މީގެއިތުރުން އެޕަލް ޕުރަޑަކްޓްސްދެކެ ފޫހިވާ ފަރާތްތަކުން އަންނަނީ ފުރުސަތުގެ ބޭނުން ހިފައި އެޕަލް ފޭނުން ރުޅިއެރުވުމުގެ މަސައްްކަތް މެކުހަށް ޖަހައިފައެވެ.
Everyone: Where's iPhone 12 announcement?
Apple : pic.twitter.com/5RrNoswTSq
— Joe is a Beautiful mess ?? (@saltairaugust) September 15, 2020
ކަންމިހެން ހުރިނަމަވެސް އައިފޯން 12 މިއަހަރުތެރޭ ނުނެރޭނެއޭ އަދި ބުނެވޭކަށް ނެތެވެ. އެޕަލް ކުންފުނީގެ އާއުފެއްދުންތަކާއި ބެހޭ މައުލޫމާތު އެންމެ ފަހުގަޑީ ނޫނީ ހާމަނުވާތީވެ މިމައުޟޫގައި އަދި މާއިތުރު ވާހަކަތައް ޔަގީން ކަމާއެކު ހާމަކުރުމަކީ ދަތިކަމެކެވެ.




