5 ޖީ ހިދުމަތާއެކު އައިފޯން 12 ނެރެފި

އެޕަލް ކުންފުނިން މިރޭ ބޭއްވި އެ ކުންފުނީގެ ވާޗުއަލް "ހައި، ސްޕީޑް" އިވެންޓުގައި އެ ކުންފުނީގެ ފުރަތަމަ 5 ޖީ ފޯން، އައިފޯން 12 ނެރެފިއެވެ.

މި ފޯނަކީ 6.1 އިންޗް ސުޕަރ ރެޓިނާ އެކްސްޑީއާރް (އޯލެޑް) ޑިސްޕްލޭ ހިމެނޭ އައިފޯން 11 އަށްވުރެ 11 އިންސައްތަ ތުނި 15 އިންސައްތަ ކުޑަ އަދި 16 އިންސައްތަ ލުއި ފޯނެކެވެ.

އެޕަލް ކުންފުނިން ބުނާގޮތުގައި މި ފޯނަކީ ސުމާޓް ފޯނެއްގައި މިހާތަނަށް ހުއްނާނެ އެންމެ ވަރުގަދަ ސުކްރީން ހުއްނާނެ އައިފޯނެވެ. މިގޮތުން މި ފޯނުގެ ސުކްރީން ހަދައިފައިވަނީ ސެރެމިކް ޝީލްޑް ގުލާސްއިންނެވެ.

އައިފޯން 12 ނެރެފައިވަނީ ފަސް ކުލައިގައި

އެޕަލް އިން ނެރުނު މި އާ އައިފޯނާއެކު އައިފޯނު 12 މިނީވެސްވަނީ ނެރެފައެވެ. އައިފޯން 12 ގައި ހިމެނޭ އެންމެހާ ސިފަތަކާއެކު ނެރުނު މި ފޯނުގެ އެންމެ ބޮޑު ތަފާތަކީ އައިފޯން 12 އަށްވުރެ ކުޑަ ވުމެވެ.

އައިފޯން 12، ވިއްކުމަށް އެޕަލް ކުންފުނިން ކަނޑައަޅައިފައިވާ އަގަކީ 799 ޑޮލަރެވެ. އަދި އައިފޯން 12 މިނީ ވިއްކުމަށް ކަނޑައަޅައިފައިވާ އަގަކީ 699 އެކެވެ.

އެޕަލް އިންވަނީ މިރޭ އައިފޯނުގެ ހަތަރު ފޯނެއް ނެރެފައެވެ. މި ހަތަރު ފޯނަކީ، އައިފޯން 12، އައިފޯން 12 މިނީ، އައިފޯން 12 ޕްރޯ، އަދި އައިފޯން 12 ޕްރޯ މެކްސް އެވެ.

މިލިޔުން ކިޔާލުމުން
31
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ޥާނުވާ

    5 ޖީ ގެ ޙިދުމަތާއެކު ޢޭ؟ އެމިހުންތަ އެހިދުމަތް ދެނީ

    1
    1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ