ފިސާރި ވަރުގަދަ ތިން ކެމެރާއާއެކު އައިފޯން 11 ގެ ވަރުގަދަ ދެ ވަރޝަން ކަމަށްވާ، އައިފޯން 11 ޕްރޯ އަދި ޕްރޯ މެކްސް ނެރެފިއެވެ.
ދާދި ދެންމެ އެޕަލް އިން ނެރުނު "އައިފޯން 11 ޕްރޯ" އަދި "އައިފޯން 11 ޕްރޯ މެކްސް" ގައި ތިން ކެމެރާ ހިމަނާފައިވާއިރު، އެއީ 12 މެގަ ޕިކްސުލް ވައިޑް ކެމެރާ އަކާއި 12 މެގަ ޕިކް ސްލް ޓެލެ ފޮޓޯ ކެމެރާއެއް އަދި 12 މެގަ ޕިކްސްލް އަލްޓްރާ ވައިޑް ކެމެރާއެކެވެ.
"އައިފޯން 11 ޕްރޯ މެކްސް" ގައި 6.5 އިންޗް ޑިސްޕްލޭއެއް ހިމެނޭއިރު "އައިފޯން 11 ޕްރޯ" ގައި ހިމެނެނީ 5.8 ޑިސްޕްލޭއެކެވެ. މި ފޯނުތަކުގެ ޑިސްޕްލޭ ބޮޑު ނަމަވެސް ބެޓެރީ ވަރުގަދަވެފައި، ލޯ-ޕަވާ ގިނަ ޓެކްނޮލޮޖީ ބޭނުންކޮށްފައިވާތީ، މި ފޯނުގެ ބެޓަރީ ލައިފް، އެހެން ފޯނުތަކަށްވުރެ ދިގު ވާނެއެވެ.
Apple’s new iPhone 11 and iPhone 11 Pro cameras: what they dohttps://t.co/qq1GFW5xDf pic.twitter.com/U6loSPVoIn
— The Verge (@verge) September 10, 2019
މި ދެ ފޯނުގައި ސުޕާ ރެޓިނާ އެކްސްޑީއާރް ޑިސްޕްލޭއެއް ހިމަނާފައިވާއިރު، މިއީ މިފަދަ ޑިސްޕްލޭއެއް އައިފޯނެއްގައި ބޭނުންކުރާ ފުރަތަމަ ފަހަރެވެ.
އެޕަލް އައިފޯން 11 ޕްރޯ އާއެކު "ޑީޕް ފިއުޝަން" ނަމަކަށްކިޔާ ފީޗާއެއް ތަޢާރަފްކޮށްފައިވާއިރު، މި ފީޗާއަކީ ފޯނުގެ ޝަޓަރ ބަޓަނަށް އެއްފަހަރު ފިއްތާލުމުން 9 ފޮޓޯ އެއްފަހަރާ ނެގުމަށްފަހު، އެންމެ ސިކުންތެއްގެ ތެރޭގައި އޭގެތެރެއިން އެންމެ ކުއަލިޓީ ރަނގަޅު ފޮޓޯ ފޯނުން އަމިއްލައަށް ހޯދުމުގެ ޤާބިލުކަން ލިބިފައިވާ ފީޗާއެކެވެ.

އައިފޯން 11 ޕޮރޯގެ ފެށޭ އަގު 999 އެމެރިކާ ޑޮލަރުގައި ހުރިއިރު، އައިފޯން 11 ޕްރޯ މެކްސްގެ ފެށޭ އަގަކީ 1199 އެމެރިކާ ޑޮލަރެވެ. މި ދެ ފޯނަށްވެސް މިމަހުގެ 20 ވަނަ ދުވަހުން ފަށައިގެން އޯޑަރު ކުރެވޭނެ ކަމަށް އެޕަލްއިން ވަނީ ބުނެފައެވެ.



