"ސަޅި ހުޅުލެ" ނަމުގައ މިއަދު ފެއްޓި ހުޅުލެ ސާފު ކުރުމުގެ ޕްރޮގްރާމަކާއެކު މާލޭ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) މުވައްޒަފުންގެ ހީވާގިކަން ދައްކާލައިފިއެވެ.
އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރ އަލްފާޟިލް މޫސާ ސޯލިހް، ފޯކް ލިފްޓަކުން ދުވަސް ވެފައި ދަގަނޑު ސާމާން ލޮރިއަށް އަރުވައި ދެއްވަމުން ފައްޓަވައިދެއްޗި މިޕްރޮގްރާމް ކުރިއަށް އޮތް ހަތަރު މަސްތެރޭ ފަސް ދުވަހަކަށް ބަހާލައިގެން ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާކަމަށް އެމްއޭސީއެލުންވަނީ ވިދާޅުވެފައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި މަސައްކަތްކުރާ 500 އަށްވުރެ ގިނަ މުވައްޒަފުން މިއަދުގެ ޕްރޮގްރާމުގައި ބައިވެރިވެފައިވާކަމަށްވެސް އެފަރާތުންވަނީ ވިދާޅުވެފައެވެ.

މިޕްރޮގްރާމްގެ އެންމެ ބޮޑު އަމާޒަކީ ބޮޑެތި އަތުން އުފުލާ ނުލެވޭ ގިނަ ދުވަސް ވެފައިވާ ދަގަނޑު އެއްޗެހި ސާފު ކޮށް ހުޅުލެ ރީތި ސާފުތަނެއްގެ ގޮތުގައި ފެނި އެރަށަށް އަރައި ފަރާތްތަކުގެ ހިތްހަމަޖައްސައިދިނުންކަމަށްވާއިރު، މިޕްރޮގްރާމަށް ޚާއްސަކުރެވިފައިވާ ޓީޝާޓެއް އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރ މޫސާ ސޯލިހުގެ އަތްޕުޅުން ރައީސުލްޖުމްހޫރިއްޔާ އަލްފާޞިލް އިބްރާހިމް މުޙައްމަދު ޞާލިޙްއަށްވަނީ އަރުވާފައެވެ.




