މުޅި ދުނިޔެއިން އެއްވަނައިގައި 2018 ވަނަ އަހަރު ޘާނަވީ ތައުލީމު ނިންމި ދިވެހި ހަ ދަރިވަރަކު ހިމެނިއްޖެއެވެ.
ވޭތުވެދިޔަ އަހަރު ޘާނަވީ އިމްތިހާން ނިންމި ދަރިވަރުންގެ ތެރެއިން ރާއްޖޭގެ އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނާއި، ދުނިޔެ އިން އެއްވަނަ ހޯދި ދިވެހި ދަރިވަރުންނަށް ރޭ ވަނީ އިނާމު ދީފައެވެ.
ދުނިޔެއިން އެއްވަނަ ހޯދި ދިވެހި ދަރިވަރުންގެ ތެރޭގައި ހިމެނެނީ:
- އާމިނަތު ލާމިއާ މަގްބޫލް - އިސްކަންދަރު ސްކޫލް - ޓްރެވެލް އެންޑް ޓޫރިޒަމް
- އިސްމާއިލް އަފްނާން އަބްދުﷲ - ބިލަބޮންގް އިންޓަނޭޝަނަލް - ސޯޝަލޮޖީ
- ޒަޔާން އަބްދުﷲ ނާޒިލް - އިސްކަންދަރު ސްކޫލް - ބަޔޮލޮޖީ
- އިބްރާހިމް ޔައިޝް ޝާޙިރު ދަރުމަވަންތަ ސްކޫލް - މެރިން ސައިންސް
- ޒަޔާން ސައުދުﷲ - އުލިގަމު ސްކޫލް - ހިސާބު
- އަޙްމަދު ރަސަލް ތަސްލީމް - އަހްމަދިއްޔާ ސްކޫލް - ބިޒްނަސް އަދި އެކޮނޮމިކްސް
2018 ވަނަ އަހަރު ޘާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުން ވަކި ވަކި މާއްދާތަކުން މުޅި ދުނިޔެއިން އެންމެ ރަނގަޅު ނަތީޖާ ހޯދި 6 ދަރިވަރުންނަށް ޓްރޮފީއާ ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވީ، 2018 ވަނަ އަހަރުގެ ޘާނަވީ އިމްތިޙާނުތަކުން ވަކިވަކި މާއްދާތަކުން ދުނިޔޭގެ އެއްވަނާގައި ދިވެހި 6 ދަރިވަރަކު ހިމެނިފައިވާއިރު، ރާއްޖޭގެ އެއްވަނަ 8 ދަރިވަރަކު ހޯދާފައިވާ ކަމަށެވެ.
ވޭތުވެދިޔަ އަހަރު އޯ ލެވެލް އިމްތިހާނުގައި 6600 ދަރިވަރުން ބައިވެރިވެފައިވާއިރު، 407 ދަރިިވަރަކު ވަނީ ރާއްޖޭގެ ގަދަ 10 ގައި ހިމެނި ޚާއްޞަ އިނާމު ހާސިލުކޮށްފައެވެ.

މި ޚާއްޞަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ނައިބު ރައީސް އަދި އެޑިޔުކޭޝަން މިނިސްޓަރުގެ އިތުރުން ދައުލަތުގެ ގިނަ އަދަދެއްގެ ވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ.




