އާ ކަންތައްތައް ތަޖުރިބާ ކޮށް އެއީ ކިހިނެއް ވާ ކަމެއްތޯ ބެލުމަކީ ގިނަ ދިވެހިންގެ އާދައެވެ. އެއީ ރަނގަޅު ނުވަތަ ގޯސް ކަމަކަށް ވިޔަސް މެއެވެ. ދައްކާލަން މިއުޅެނީ ޓިކްޓޮކް ގެ އަވައިގައި ޖެހި ހަލާކުވަމުންދާ ނުވަތަ ބޭޒާރުވަމުންދާ ދިވެހިންގެ ވާހަކައެވެ.
ބޮޑެއް ކުޑައެއް، ޒުވާނެއް މުސްކުޅިއެއް ނެތެވެ. އެކައުންޓްތައް ޕަބްލިކް ކޮށްލުމަށްފަހު ނިވާކަން ކުޑަ ހެދުން އަޅައިގެން ކުޅެފައި ހުންނަ ވީޑިއޯ ކޮޅުތަށް އެންމެންގެ ލޯތަކަށް ފެންނަހެން ތިޔަ ޝެއާ ކޮށްލަނީ ހަމަ އެއްވެސް ފިކުރެއް ހިޔާލެއް ނެތި ހެއްޔެވެ؟ މަންމަ، ބައްޕަ ނުވަތަ އެއްބަނޑު ބޭބެމެންނާއި ދައްތަ މެނަށް ފެނިދާނެތީވެސް ލަދު ނުގަންނަނީ ހެއްޔެވެ؟ އަދި ފިރިހެނުން އަންހެނުންގެ ހެދުން އަޅައިގެން އަންހެން ދުޅާވެގެން ވީޑިއޯ ހަދަހަދާފައި ތިއުޅެނީ ބިރުގެ ކަންފުޅެއްވެސް ނެތީމަ ހެއްޔެވެ؟
ކުރަން ހުންނަ މަސައްކަތް ތަށް ފަހަށް ޖައްސާލުމަށްފަހު ޓިކްޓޮކް ހުޅުވާލަ އޭގެތެރެއަށް ވަދެ މީހުން ކޮށްފަ ހުންނަ ފާފަތަކަށް ބަލަން ތި ހުންނަނީ ކުރާނެ ރަނގަޅު ކަމެއް ނެތީމަ ހެއްޔެވެ؟ ނުވަތަ އެއީ ބޮޑު ފާފައެއްކަން ނޭނގޭތީ ހެއްޔެވެ؟ ކުޑައިރު މައިންބަފައިން ތި ދަރިފުޅަށް ދެދުނިޔޭގެ އުފަލާއި ހިތް ހަމަޖެހުން ދެއްވުމަށް އެދި ކުރި ދުޢާތަކާއި ދިން ނަސޭހަތް ތަކުގެ ބަދަލުގައި އުޅެން ވިސްނިގޮތަކީ ތިއީ ހެއްޔެވެ؟
ވަގުތުފާއިތުވުމުގެ ކުރިން ތިއުޅުން ދޫކޮށް އިސްލާހުވަމާ ހިނގާށެވެ. ޓިކްޓޮކް ގެ ވަބާއިން ސަލާމަތްވެވޭތޯ ބަލާށެވެ. އަދި ކުރެވިފައި ހުރި ފާފަތަކަށް ތައުބާވެ އާފެށުމަކުން ފެށޭތޯ އަޒުމު ކަނޑައަޅައި މަސައްކަށް ކުރާށެވެ.
ހިޔާލު
ޓިކްޓޯކް އަވަގައިޖެހިގެން މިއޮތް ހުރިހާ ދހިވެހިން މަރުވަނީ
ކޮމެންޓް ކުރުން ބަންދު