ހުޅުމާލެ ސްވިމިން ޓްރެކް އޭރިއާ ކައިރީގައި ހަދާފައިވާ ޕަބްލިކް ފާޚާނާތައް އާންމުންނަށް ބޭނުން ކުރެވޭ ގޮތަށް ހުލުވައިފި ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ވިދަޅުވެއްޖެއެވެ.
މި ޕަބްލިކް ފާޚާނާތަށް ތައްޔާރުކޮށްފައިވަނީ ދެ ޖީންސްގެ ބޭފުޅުންނަށް ވަކި ފާޚާނާތައް ހިމެނޭ ގޮތަށެވެ. އަދި މީގެ ތެރޭގައި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޚާއްސަކޮށް ވަކި ފާޚާނާ ހެދިފައިވާ ކަމަށް އެޗްޑީސީއިން ވަނީ ވިދާޅުވެފައެވެ.

މި ޕަބްލިކް ފާޚާނާތައް ތަރައްޤީ ކުރެވިފައިވަނީ މޫދަށް އެރުމަށްފަހު ފެންވެރޭ ގޮތަށް އައުޓްޑޯރ ޝަވާރ ވެސް ހިމެނޭ ގޮތަށެވެ. މިތަން ހުޅުވުމުން ހުޅުމާލޭގައި މި ސަރަހައްދަށް މޫދަށް އެރޭ ފަރާތްތަކަށް ވަރަށް ބޮޑެތި ފަސޭހަތައް ލިބިގެން ދާނެއެވެ.



