‎ފީއަލީގެ ޚާލަތު: 6 ވަނައަށް ޑެންގޫއަށް ޕޮޒިޓިވްވީ ތެލެސީމިއާ ކުއްޖެއް

‎ފީއަލިން އިތުރު ޑެންގޫ ކޭސްއެއް ފެނިއްޖެއެވެ. އެ ރަށުގެ ތެލެސީމިއާ ކުއްޖަކު ޑެންގޫއަށް ޕޮޒިޓިވްވެ ހެލްތް ސެންޓަރުގައި އެޑްމިޓްކޮށް ފަރުވާދޭން ފަށައިފިއެވެ.

ކުއްޖާގެ ހާލު ސީރިއަސް ކަމަށާއި އިތުރު ފަރުވާއަށް މާލެ ގެންދިއުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންނެވެ. މިހާރު ކޯސްޓްގާޑް އެރަށަށް ދަތުރު ކުރަމުންއަންނަ ކަމުގެ މަޢުލޫމާތު ވަނީ ލިބިފައެވެ. މީގެ ދުވަސްކޮޅެއް ކުރިން ޑެންގޫގެ ގިނަ ކޭސްތަކެއް ފެނި މުޅިރާއްޖޭގެ ސަމަލުކަމަށްވެސްމިކަން ވަނީ އައިސްފައެވެ. އޭގެފަހުން ޑެންގޫ ކޮންޓްރޯލްވެފައި އޮތުމަށްފަހު އިއްޔެވަނީ އަލުން ޑެންގޫ ފެތުރެން ފަށާފައެވެ.

މިރެއާއި ހަމައަށް 6 ކުދިން ޑެންގޫ އަށް ޕޮޒިޓިވް ވެފައިވާއިރު 3 ކުދިންނަށް ދަނީ އެ ރަށު ހެލްތް ސެންޓަރުގައި އެޑްމިޓްކޮށް ފަރުވާދެމުންނެވެ. އެރަށުން ވާހަކަ ދެއްކި މީހަކު ފެށުން އަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ ފިޓް ޖެހިގެން އެރަށު ހެލްތް ސެންޓަރަށްދެއްކި ކުއްޖަކު ހެދި ޓެސްޓް ތަކުން ޑެންގޫއަށް ޕޮޒިޓިވް ވާނެ އެއްވެސް ނިޝާނެއްނުފެންނަ ކަމަށެވެ. ނަމަވެސް ފިޓް ޖެހޭތީ ހާލު ސީރިއަސްވެގެން މާލެ ގެންދިޔަކަމަށާއި އޭޑީކޭ އިން ޓެސްޓް ހެދުމަށް ފަހު ޑެންގޫއަށް ޕޮޒްޓިވް ވެފައިވާކަމަށެވެ.

ފީއަލީގައި ދަނީ ހަލުވިކަމާއެކު ވައިރަލްފީވާ އަދި އަރިދަފުސް ރޯގާ ފެތުރެމުންނެވެ. އަދި މަދިރި ކޮންޓްރޯލް ކުރުމުގެ ގޮތުން ރަށުތެރެވަނީ ފޮގް ވެސް ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ