ނިދީގާ ހިނގޭކަމަށް ބެލެވޭ، ހޭލެވޭއިރު ހުންނަނީ އަނިޔާ ލިބިފައި - އިލިއާނާ

ބޮލީވުޑްގެ ބަތަލާ އިލިއާނާ ޑީކްރޫޒް މިވަނީ އޭނާއަށް ބެހޭގޮތުން މީގެކުރިން ނޭނގޭ ވާހަކައެއް އާއްމުންނާއި ހިއްސާކޮށްފައެވެ. އެއީ އާނައަށް ނިދާ ހޭލެވޭއިރު ހުންނަނީ ކޮންމެވެސް ކަހަލަ އަނިޔާއެއް ލިބިފައިކަމަށެވެ.

ދާދި ފަހަކުން އިލިއާނާ ކޮށްފައިވާ ޓްވީޓެއްގައި މި ވާހަކަ ހިއްސާކޮށްފައިވާއިރު، އޭނާ ބުނެފައިވަނީ، އޭނައަށް ނިދީގައި ހިނގޭހެން ހީވާކަމަށާއި، ސަބަބަކީ، ހޭލެވޭއިރު ހަށިގަނޑުގެ ތަންތަން ހަލާކުވެފައި ހުންނާތީއެވެ. އެހެންކަމުން މިކަމަށް އޮތް ހަމައެކަނި ތަފްސީލަކީ، އޭނައަށް ނިދީގައި ހިނގުންކަމަށެވެ.

އިއްޔެގެ ވަގުތެއްގައި އިލިއާނާ މި ޓްވީޓުތައް ކޮށްފައިވާއިރު، މި ވާހަކައިން އޭނަގެ ފޭނުން ވަނީ ކަންބޮޑުވެފެއެވެ. އެގޮތުން ނިދާއިރު ވީޑިއޯ ކެމެރާއެއް ހަރުކުރުމަށްވެސް އޭނަގެ ފޭނަކު ވަނީ ނެސޭހަތް ދީފައެވެ.

ބޮލީވުޑްގެ އެންމެ ރީތި ބަތަލާއިންގެ ތެރޭގައި ހިމެނޭ އިލިއާނާގެ މި ޓްވީޓްގެ ހަގީގަތް އަދި ނޭގޭއިރު، މިއީ ތެދެއްކަމެއް ނުވަތަ އޭނަގެ ބިރުބެރި ފިލްމެއް ޕްރޮމޯޓު ކުރުމަށް ޖެއްސި ސްޓަންޓެއް ނުވަތަ ދިން ހިންޓެއްކަމުގައިވުން އެކަށީގެންވާކަމަށް ހަބަރުތަކުގައި ބުނެފައިވެއެވެ.

ދާދިފަހަކުން އިލިއާނާ ޑި ކްރޫޒްއާއި އޭނަގެ ދުވަސްވީ ލޯބިވެރިޔާ އެންޑްރޫ ނީބޯން އާއި ވަކިވެފައިވާކަމަށްވެސް އާނާ ވަނީ ބުނެފައެވެ.

އިލިއާނާ ބޮލީވުޑްއަށް ތައާރަފްވެފައިވަނީ، ރަންބީރު ކަޕޫރު އަދި ޕްރިޔަންކާ ޗޯޕުރާއާއެކު ފެނިގެންދިޔަ ފިލްމް “ބަރްފީ” އިންނެވެ.

އޭގެފަހު ބޮލީވުޑްގެ ގިނަ ކާމިޔާބު ފިލްމްތަކުން އިލިއާނާ ފެނިގެންގޮސްފައިވާއިރު، އޭނަ އެންމެފަހުން ފެނިގެންގޮސްފައިވަނީ، އަޖޭ ދޭވްގަން އާއެކު ފެނިގެންގޮސްފައިވާ ފިލްމް “ރައިޑް” އިންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ