ވޭތުވެދިޔަ ހަފްތާއަކީވެސް މާލޭ ސިޓީގައި މަގުމަތީގެ އެކްސިޑެންޓްތައް ގިނަ ހަފްތާއެއް ކަމަށް ޓްރެފިކް ފުލުހުންގެ ހަފްތާގެ ތަފާސްހިސާބުން ދައްކައިފިއެވެ.
މިއަދު ފުލުހުން އާއްމުކުރި ވޭތުވެދިޔަ ހަފްތާގެ ތަފާސްހިސާބަށް ބަލާއިރު، މަގުމަތީގެ 56 އެކްސިޑެންޓް ހިނގައި 9 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ.
މާލޭގެ މަގުތައް ތަރުތީބު މަގުތަކަކަށް ހެދުމަށްޓަކައި ހެދިގައިވާ އުޞޫލުތައް ފުލުހުން ހިފަހައްޓަމުންދާއިރު، އުޞޫލުތަކާ ޚިލާފަށް ޕާކް ކޮށްފައިވާ އުޅަނދުތަކުގައި ފުލުހުން ދަނީ ސްޓިކަރ ޖަހަމުންނެވެ. އެގޮތުން ޥޭތުވެދިޔަ ހަފްތާގައިވެސް 70 އުޅަނދެއް ޓޯކޮށް، 544 ވެހިކަލެއްގައި ޓްރެފިކް ވައިލޭޝަންސް ސްޓިކަރަ ޖަހާފައިވެއެވެ.
މީގެ އިތުރުން އެއްގަމު އުޅަނދު ދުއްވުމުގެ ގަވާއިދު ތަންފީޒުކުރުމުގެ ގޮތުން 398 ވެހިކަލެއް ފުލުހުން ބަލާ ފާސްކޮށްފައިވާއިރު، ގަވާއިދާ ޚިލާފަށް އަމަލުތައް ބަހައްޓާ ގިނަ ބަޔަކަށް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ.
Traffic Management Department's Weekly Statistics from 31st of August 2019 to 6th of September 2019 pic.twitter.com/StFRKpG38e
— Maldives Police (@PoliceMv) September 8, 2019
ފުލުހުން ބަލާ ފާސްކުރުމުން ފާހަގަކުރެވިފައިވާ ކަންކަމުގެ ތެރޭގައި ލައިސަންސް ނޯންނަ 94 ފަރާތަކުން އުޅަނދު ދުއްވާފައިވާ ކަމާއި، ލައިސަންސް ކާޑު ނެތި 62 ފަރާތަކުން ދުއްވާފައިވާކަން ފާހަގަކުރެވިފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.




