ދިރާގު ހެޑްއޮފީސް - ފެށުން ފޮޓޯ: ވިސާމް

ޑިސްނީ ލޭންޑަށް ދާން ބޭނުންނަމަ، ދިރާގު ޓީވީ ސަބްސްކްރައިބް ކޮއްލާ!

ޓެލެކޮމިއުނިކޭޝަން ޚިދުމަތްދޭ ކުންފުންޏެއް ކަމަށްވާ ދިރާގުގެ ޗެނަލްތަކަށް ސަބްސްކްރައިބް ކޮށްގެން ޑިސްނީ ލޭންޑަށް ދިއުމުގެ ފުރުސަތު އެކުންފުނިން ހުޅުވާލައިފިއެވެ.

ނޮވެމްބަރު މަހުގެ ނިޔަލަށް ހުޅުވާލި މި ޕްރޮމޯޝަންގެ މައުލޫމާތު ދިނުމަށް ރަސްމިއްޔާތުގައި ދިރާގުގެ ކޮންޓެންޓް މާރކެޓިންގ އެގްޒެކެޓިވް ސުމާ މުނީރު ވިދާޅުވީ، ދިރާގު ޓީވީގައި ސަބްސްކްރައިބް ކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށާއި، މިއީ ލަކީޑްރޯއެއްގެ ގޮތުގައި ހިނގަމުންދާނެ ކެމްޕެއިންއެއް ކަމަށެވެ.

ފޮޓޯ : އަވަސް

އެގޮތުން މިހާރު ދިރާގު ޓިވީ ބޭނުންކުރައްވާ ފަރާތްތަކާއި، އަލަށް ސަބްސްކްރައިބް ކުރައްވާ ފަރާތްތަކަށްވެސް ލަކީޑްރޯގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލެވިފައިވާއިރު، ލަކީޑްރޯ އިން ގުރުއަތުން ހޮވޭ ފަރާތަކަށް ޝެންހާއިގެ ދެކޮޅު ޓިކެޓާއި، އެކޮމޮޑޭޝަނާއި، 1 ދުވަހަށް ޑިސްނީ ލޭންޑަށް ދިއުމުގެ 4 ފާސް ލިބިގެންދާނެ ކަމަށް ދިރާގުން މައުލޫމާތުދެއެވެ.

ދިރާގުން ރާއްޖެއަށް ފުރަތަމަ ފަހަރަށް ދިރާގު ޓީވީ މެދުވެރިކޮށް ޑިޒްނީ ޗެނަލްތައް ތައާރަފް ކޮށްފައިވަނީ 2017 ވަނަ އަހަރުގައެވެ. އެގޮތުން އޭރު ދިރާގުން ވަނީ ޑިޒްނީ ޗެނަލް، ޑިޒްނީ އިންޓަނޭޝަނަލް އެޗްޑީ، ޑިޒްނީ ޖޫނިއަރ އަދި ޑިޒްނީ އެކްސްޑީ ޗެނަލް ތައާރަފް ކޮށްފައެވެ.

މި ލަކީޑްރޯއަކީ ކުޑަކުދިންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ލަކީޑްރޯއެއް ކަމަށް ދިރާގުގެ އެސިސްޓެންޓް މެނޭޖަރ ހަސަން ޝާރިހު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ