ރީޖަނަލް ހޮސްޕިޓަލަކުން ގަސްތައް ކަނޑާފައި - ފޮޓޯ: ފެށުން

ސަރުކާރު އިމާރާތްތަކުގައި ހުންނަ ގަސްކެނޑުން، ހައްލުކުރަންޖެހޭ މައްސަލައެއް!

ޖަޒީރާ ދިވެހިރާއްޖެއަކީ ރުއްގަސް ގިނަ ރާއްޖެއެކެވެ. ދިވެހި ރުކުގެ އިތުރުން ތަފާތު ބާވަތްތަކުގެ ގަސްގަހާގެހި ރާއްޖޭގައި ހެދެއެވެ. އަދި ހައްދާ އުޅެއެވެ. ގުރޭޓަރ މާލެ ފިޔަވާ ރާއްޖޭގެ ކޮންމެ ރަށެއްގެ މަލަމަތިން ފެންނަނީ ފެހިކުލައިގެ ރީތި ގަސްތަކެވެ. ރާއްޖޭގެ ރަށްތަކުގެ ރީތިކަން ފެނިގެންދަނީ ހަމައެކަނި ރީތި ގޮނޑުދޮށްތަކާއި ޗާލު މޫދަކުން އެކަންޏެއް ނޫނެވެ.

މި ޖަޒީރާ ރާއްޖޭގެ ނަލަކަން ފެނިގެންދަނީ ރަށްތަކުގެ ފެހި މަލަމަތީގެ ރީތިކަމާވެސް އެކުއެވެ. ރާއްޖޭގެ ރީތިކަން ދެމެހެއްޓުމަށް ގަސްގަހާގެހީގެ ދައުރު ވަރަށް ބޮޑެވެ. ސާފުވައި ލިބޭ ހިތްގައިމު ޖައްވަކަށް ނޭވާލުމަށް ގަސްގަހާ ގެހިން ލިބޭ ފައިދާ ގުނާ އަދަދު ނުކުރެވެއެވެ. އިންސާނުންގެ އިތުރުން ދިރޭތަކެތީގެ ނަސްލު ހިމާޔަތްކޮށް، ފަހިވެއްޓެއް ގާއިމް ކުރުމަށް ގަސްގަހާގެހީގެ ދައުރު ވަރަށް ބޮޑެވެ.

ރާއްޖެއަކީ ހޫނުގަދަ ގައުމަކަށް ވުމުން، ގަސްގަހާގެހީގެ މުހިއްމުކަން އަޅުގަނޑުމެން ކޮންމެ ދިވެއްސެއްގެ ހަނދާނުގައި ތާއަބަދު ބަހައްޓާން ޖެހެއެވެ. އަޅުގަނޑުމެންގެ ވަށައިގެންވާ މާހައުލަކީ ގަސްގަހާގެހީގެ ހިޔާ ލިބޭ ހިތްފަސޭހަ މާހައުލަކަށް ހަދަން ޖެހެއެވެ.


އާދެ! މިއީ ލިޔާ ރިޕޯޓަކުން، ފާޅުކުރާ ޝުއޫރަކުން ނިންމާލެވޭ ވަރަށްވުރެ މުހިއްމު، އެކަމާއިމެދު ވިސްނަންޖެހޭ، ހައްލުތަކެއް ގެންނަންޖެހޭ ކަމެކެވެ. އާންމު ރައްޔިތުންނަށް ޚިދުމަތްދޭ ސަރުކާރުގެ އިދާރާތަކާއި އޮފީސްތަކުގެ ގޯތިތެރޭގައި މަގަށް ހިޔާ ލިބޭގޮތަށް ހައްދަފާއި ހުންނަ ބޮޑެތި ގަސް ކޮށުމަކީ ނުވަތަ ކެނޑުމަކީ ނޭނގި ނަމަވެސް ކުރެވޭ ވަރަށް ނުރަނގަޅު ކަމެކެވެ.

ގަހެއް ހެދިބޮޑުވުމަށް އެތައް އަހަރެއް ނަގާއިރު، އެގަސް ކަނޑާ ބިމާ ހަމަކޮށްލުމަށް މަދު ވަގުތުކޮޅެއްވެސް ނުނަގައެވެ. މިގޮތަށް ހެދިފައިހުންނަ ބިޔަގަސްތަކުން ހިޔާ ލިބެނީ ހަމައެކަނި އެ އިދާރާއެއްގައި މަސައްކަތްކުރާ ފަރާތްތަކަށް އެކަޏެއްނޫނެވެ. ނަމަވެސް، އެ މުޖުތަމަޢެއްގައި ދިރިއުޅޭ ވަރަށް ގިނަ ބަޔަކަށް ހިޔާ ލިބި ހިތްހަމަ ޖެހުން ލިބެއެވެ.

ސަރުކާރުގެ އިދާރާތަކާއި، އާންމު ޚިދުމަތް ދޭ އޮފީސްތަކާއި، ހޮސްޕިޓާތަކަކީ ދުވާލެއްގެ މައްޗަށް އެތަކެއް އާންމު ރައްޔިތުންނެއް ވަރަށް ގިނަ އަދަދަކަށް ޒިޔާރަތްކުރާ ތަންތަނެވެ. މި ފަދަ ތަންތާގެ ބޭރުގައި ހިޔާލިބޭ ގަސް ހައްދާފައި ބެހެއްޓުމަކީ އެންމެނަށް އެކަމުގެ ލާބަޔާއި މަންފާ ލިބޭނެ ކަމެކެވެ. ނަމަވެސް، ހިތާމައަކީ މިފަދަ އިދާރާތަކުގެ ބޭރުގައި ހައްދާފައިވާ ހިޔާލިބޭ ބިޔަ ގަސްތައް ކަނޑަމުންދާތީއެވެ. މިކަންކަމުގެ ސަބަބުން އަޅުގަނޑުމެން ދިވެހިން ބޭނުން ވެގެން އެދޭފަދަ، ޖަޒީރާ ރާއްޖެއެއް އަޅުގަނޑުމެންނަށް ނުފެނި ދާނެއެވެ. ޖަޒީރާ ރާއްޖޭގެ ޖަޒީރާ ވަންތަކަން ގެއްލިގެން ހިނގައި ދާނެއެވެ.

ރާއްޖެއަކީ ހޫނުގަދަ ޤައުމަކަށް ވުމުން، ގަސްގަހާގެހީގެ ހިޔާ ދިވެހިނަށް ބޭނުންވާނެކަން ޔަގީނެއެވެ. އުފާވެރި ހިތްހަމަޖެހޭ މާހައުލަކަށް މިކުދި ރަށްތައް ވާން މިގައުމުގައި ދިރިއުޅޭ ކޮންމެ އަފުރާދަކު ބޭނުންވާނެކަން ޔަގީނެވެ. އެހެންކަމުން ސަރުކާރުގެ އިދާރާތަކާއި، އާންމު ޚިދުމަތްދޭ ތަންތަނާއި، މަގުތަކާއި، މައިދާންތަކާއި އާންމު ރައްޔިތުންގެ ގޯތި ގެދޮރުގައި ހިޔާ ލިބޭ ގަސްގަހާ ގެހީގެ ބާވަތްތައް ހެއްދުމަކީ ހިތްފަސޭހަ ދޮޅަހެޔޮ ވެއްޓަކަށް އެޅޭނެ އެންމެ ރަނގަޅު ބިންގަލެވެ.

ތިބާ އިންދާ، ހައްދާ އެންމެ ގަހަކުން އެތައްހާސް ބަޔަކު، ޒަމާންތަކަކަށް ހިޔާ ހޯދުމަކީ ދުނިޔަވީ ގޮތުން އަދި ކީއްތޯ، އުޚުރަވީ ގޮތުން ބެލިޔަސް ކިހާ ރަނގަޅު ކަމެއްތޯއެވެ؟ ތިބާ އިންދާ ހައްދާ ގަހަކުން، ތިބާޔަށް ހިޔާވަހިކަން ނުލިބުނަސް، ތިބާގެ ދަރިންނަށް ނުވަތަ ދަރިންގެ ދަރިންނަށް ހިޔާ ލިބެން ނޭދެނީ ތޯއެއެވެ؟

ގުޅުންހުރި ލިޔުންތައް
މިލިޔުން ކިޔާލުމުން
33

ހިޔާލު

  1. ރަށުމީިިހާ

    މިރިޕޯޓުން ނެއްއެވެސްވަރަކަށް އެގަސްތައް ކޮށަންޖެހުނުސަބަބު ބަޔާން ކޮށްފަކާ ތަންކޮޅެއް ޒިންމާދާރުވާން އެބަޖެހޭ ނޫސްވެރިން

    1
    2
  2. Thimaaveshi

    Gas keendumaa Gas koshumakee thafaadhu dhekameh. Gas kandaanama badhalugai gaheh indhumakee rangalhukameh kamugaidhannavan . Shukuriyyaa.

    1
    1
  3. Triffany

    އެގަސްތަކުގެ ސަބަބުން އެތަނުގެ ބޭރުގައި ހުންނަ ސައިކަލުތަކަށާއި، ކާރުތަކަށް ވާ ގެއްލުން، ގަސްތަކުގެ ސަބަބުން އެތަނުގަައި ދޮވާ ވަސް އެނގޭތަ؟ ހާލަކުން ފަހަރަކު ކުޅުދުއްފުއްޓަށް އަރާ މީހަކަަށް އެކަމެއް ނޭނގޭނެ

    9
    6
    • ފާގަ ދިޔަ

      ގަސްތައް ހުރީމަ ދޮވާ ވަހޭ؟ ސައިކަލްތަކޭ؟ ކަލޭ ނޫނީ ނެތީތަ ކުޅުދުއްފުށީގަ އުޅޭ މީހެއް؟ ދުނިޔޭގެ ތަހުޒީބު ގައުމަކަށް ދެވިއްޖެއްޔާ ކަލޭ އުޅެން ޖެހޭނީ ނޯއްދަމައި ނުލައިތާދޯ؟ ސައިކަލު ވެސް ފުނޑޭނެ. ގަމާރު ފުއްޓޭ ކިޔަން ޖެހެނީ ތިކަހަލަ ކޮހުން އުޅޭތި

ކޮމެންޓް ކުރުން ބަންދު

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް