ސްޓާ ޕްލަސްއިން މިހާރު ދައްކަމުން އަންނަ ކާމިޔާބު ޑްރާމާ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކީ" ވޭމްޕް ކެރެކްޓާ "ކޮމޯލިކާ"ގެ ރޯލުން ދެން ފެންނާނީ އެކްޓަރު ޖޭސްމިން ބާސިން ކަމަށް ހަބަރުތައް ފެތުރިފައިވީނަމަވެސް، އޭނާ އެ ރޯލު ކުޅެން ޝައުވެރިކަން ނެތްކަން ހާމަކޮށްފިއެވެ.
މިހާތަނަށް އެ ރޯލު ކުޅެމުން އައި "ހީނާ ހާން"، ބޮލީވުޑްގެ މަސައްކަތްތަކަށް ފުރުސަތު ދިނުމުގެ ގޮތުން މި ޝޯއިން ވަނީ ވަކިވެފައެވެ. މިކަން ޝޯގެ ޕްރޮޑަކްޝަން ޓީމުންވެސ ޔަގީންކޮށްދީފައިވާއިރު، ދެން މި ޝޯއިން ފެންނާނީ ޖޭސްމިންކަމަށް ދާދިފަހަކުން ވަނީ ހަބަރުތައް ފެތުރިފައެވެ.
އެހެންނަމަވެސް މިކަމާއި ގުޅުވައިގެން ހީނާ ބުނީ، ކަސޯޓީ ޒިންދަގީ ކީ ގެ ޓީމުން އޭނާއަށް އެ މަސައްކަތް ހުށައަޅާފައި ނުވާކަމަށާއި، އަދި ކޮމާލިކާގެ ރޯލުކުޅެން އޭނާ އެއްވެސް ޝައުގުވެރިކަމެއްނެތްކަމަށެވެ.
ކޯމާލިކާގެ ރޯލަކީ އައިކޮނިކް ކެރެކްޓާއެއް ނަމަވެސް، އެހެން މީހެއްގެ މަސައްކަތެއް އަލުން ކުރަން ޝައުގުވެރިކަމެއް ނެތްކަމަށްވެސް ޖޭސްމިން ވަނީ ބުނެފައެވެ. ސަބަބަކީ އިންޑަސްޓްރީގައި އަވަސްއަވަހަށް އަކްޓަރުން ރޯލު ތަކުން ބަދަލުކުރުމަކީ އާއްމުކަމަކަށްވެފައި، އޭނައަށް އެހެން ޝޯތަކުން ފުރުސަތު ލިބިފައި ހުރުންކަމަށްވެސް ޖޭސްބިން ވަނީ ބުނެފައެވެ.
މީގެ ކުރިން ވެސް ކާމިޔާބު ސިލްސިލާތަކެއް ކުޅެފައިވާ ބަތަލާ ޖޭސްމިންގެ ކާމިޔާބު ޝޯތަކުގެ ތެރޭގައި ތެރޭގައި ދާދި ފަހުން ނިންމައިލި ސްޓާ ޕްލަސްގެ "ދިލް ތޯ ހެޕީ ހޭ ޖީ" އާއި އަދި "ދިލް ސޭ ދިލް ތަކް" ހިމެނެއެވެ.
އެކްތާ ކަޕޫރުގެ "ކަސޯޓީ ޒިންދަގީ ކީ" އެންމެ ނުފޫޒުގަދަ ކެރެކްޓަރ ކޯމަލިކާގެ ރޯލަކީ މީހުންގެ ތެރޭގައި ވަރަށް މަގުބޫލު ކެރެކްޓާއެކެވެ. އަދި މި ރޯލު މިހާރު ކުޅޭނެ ތަރިއެއް ހޯދުމަށް ޓީމުން ދަނީ މަސައްކަތް ކުރަމުންނެވެ.




