ވަކިކަހަލަ ހެދުމެއް، ވަކި ގޮތަކަށް އަޅަން އިސްލާމްދީނުގައި އަންގަވާފައެއް ނެތްކަމަށް، ރައީސް ނަޝީދުގެ ވެރިކަމުގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައިވާ، އެމްޑީޕީގެ އިސް ދައުރެއް އަދާކުރައްވަމުންދާ އައްޝައިޚް ހުސައިން ރަޝީދު އަހުމަދު ވިދާޅުވެއްޖެއެވެ.
އަދާލަތު ޕާޓީގެ ރައީސްކަންވެސް ކުރައްވާފައިވާ ޝައިޚް ހުސައިން ރަޝީދު އަޙްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، "ވަކިކަހަލަ ހެދުމެއް އަދި ވަކި ގޮތަކަށް ހެދުންއަޅަން އިސްލާމްދީނުގައި އަންގަވާފައެއް ނެތް" ކަމަށެވެ.
"ވަކިކަހަލަ ހެދުމެއް އަދި ވަކި ގޮތަކަށް ހެދުންއަޅަން އިސްލާމްދީނުގައި އަންގަވާފައެއް ނެތް. ކޮންމެ ބަޔަކުވެސް [ހެދުން] އަޅަނީ އެބައެއްގެ ސަގާފީ ހެދުމެއް." ޝައިޚް ހުސައިން ރަޝީދު އަޙްމަދު ލިޔުއްވާފައިވެއެވެ.
Vaki kahala hedhumeh adhi vaki gothakah hedhun alhaakah islam dheenaku anagavaafaeh neiy. Komme bayakuves alhanee ebaegge sagasfee hedhumeh.
— HussainRasheedAhmed (@HussainRasheedA) September 15, 2019
ޝައިޚް ހުސައިން ރަޝީދު އަޙްމަދު މިހެން ވިދާޅުވެފައި މިވަނީ، ދިވެހިން ހެދުން އެޅުމުގެ ވައްޓަފާޅި ކާބައިންގެ ޒަމާނު އޮތްގޮތް ނޫން ގޮތަކަށް (ބުރުގާ އެޅުން) ބަދަލުވެފައިވާތީ، އެކަމާ ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އެމްޑީޕީއާއި ސަރުކާރަށް އަމާޒުވެފައިވަނިކޮށެވެ.
ހެދުން އެޅުމާ ގުޅޭގޮޔުން ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ދީނީ އިލްމުވެރިން ވަނީ ރައްދު ދެއްވާފައެވެ. އަދި ޝައިޚް ޙުސައިން ރަޝީދު އަޙްމަދުގެ ވާހަކަތަކަށްވެސް ގިނަ ބަޔަކު ވަނީ ޤުރުޢާނާއި ސުންނަތުގެ ދަލީލުތަކާއެކު ރައްދު ދީފައެވެ.
މިފަދަ މުހިންމު ކަމެއްގައި ޚިޔާލު ތަފާތުވެ ބޮޑެތި ބަހުސްތައް ކުރެވެމުންދާއިރު، ދިވެހިރާއްޖޭގެ އިސްލާމިކް މިނިސްޓަރީން އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވާކަން ފާހަގަކޮށްލެވެއެވެ.





4 Responses
މަށަށް ހީވަނީ މިރާއްޖޭގައި ދީން ހަތިޔާރަކަެް ހަދައިގެން އުޅޭމީހުން ހަމަޔަކަށް އެޅޭނީއަނގަވާވުންކަހަލަ ބިރުވެރިކަމެއް ފެނިގެން
Mi kiyaafa ingey kurinves seykukame hunna husen Rasheed mihaaru huree Hama rangalha seykuvefaakan.
އިހުޒަމާނުގެގޮތަށްކޮޅުނުބަށްދާކަޑިކިއާއިކަރުއަޅާފަހުރިހެދުމޭއަޅަންވާނީއެކޭކިއާފަދީނުގައަންގަވާފައިއެބޮތްތޯ އެހެންވީމަލާދީނީމީހުންއޮޅިފަމިތިބީ
ގަން** ނަސީދުގެ އައުވާނެއްކަމަށްވާ ޖާހިލު ޙުސެންރަޝީދު އަޙުމަދައް ދަންނަވާލަން އިސްލާމް ދީނުގައި ވަކިގޮތަކަށް ހެދުން އަޅަން އަންގަވާފައިނެތް ކަމަށް ބުނާ ފާސިދުހުސެންރަސީދު ކަލޭގެ އަނބިދަރިން އޮރިޔާމުން ބައިތިއްބައިގެން އުޅެންވީނު