ވައިކަރަދޫ ދާއިރާއަށް އަދާލަތުން ވާދަކުރާ ޘަޤީފް އަދި ޝެއިޚް އިމްރާން - ފޮޓޯ: އޭޕީ

އިތުރު ދާއިރާއަކަށް އަދާލަތުން ވާދަކުރަނީ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 8 ދާއިރާއަކަށް ވާދަކުރާނެކަން ހާމަކޮށްފައިވާ، އަދާލަތު ޕާޓީން އިތުރު ދާއިރާއަކަށް ވާދަކުރަން ނިންމައިފިއެވެ.

ދާދި ދެންމެ އަދާލަތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ ލަފަޔާއެކު އިތުރަށް ވާދަކުރަން ނިންމާފައިވަނީ، ގައްދޫ ދާއިރާއަށް ކަމަށެވެ.

އަދާލަތު ޕާޓީން މަޖިލިސް އިންތިޚާބުގައި ވާދަކުރާ ދާއިރާތައް:
ކެލާ ދާއިރާ - ތޫބާ ރަޝީދު (ހއ.ކެލާ)
ވައިކަރަދޫ ދާއިރާ - ހުސައިން ޘަޤީފް (ހދ.ވައިކަރަދޫ)
މަނުކުދޫ ދާއިރާ - އަނާރާ ނައީމް (ހ.މާލެ)
އިނގުރައިދޫ ދާއިރާ - އަޙްމަދު ހުސައިން (ރ.ކިނޮޅަސް)
ކާށިދޫ ދާއިރާ - އަޙްމަދު އަދީލް (ކ.ކާށިދޫ)
މަހިބަދޫ ދާއިރާ - ޢަލީ އާޒިމް (އދ.ހަންޏާމީދޫ)
މުލަކު ދާއިރާ - އައިޝަތު ރިޔާޝާ (މ.ކޮޅުފުށި)
ނިލަންދޫ ދާއިރާ - މުޝްހަފް މުޙައްމަދު (ފ.ދަރަނބޫދޫ)
ގައްދޫ ދާއިރާ - އިބްރާހީމް ޒާހިރު (ގދ.ވާދޫ)

ނުވަ ދާއިރާއަކަށް އަދާލަތުން ވާދަކުރަން ނިންމާފައިވާއިރު "ސަތިރީސް" ގެ ނަމުގައި އަދާލަތުން ވަނީ މަޖިލިސް ކެމްޕޭން ރަސްމީކޮށް ލޯންޗް ކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް