ނިމިގެން ދިޔަ 20 ވަނަ އިންޓަނޭޝަނަލް އިންޑިއަން ފިލްމު އެކެޑަމީ (އައިފާ) އެވޯޑުގެ އެންމެ މޮޅު އެކްޓަރަށް ރަންވީރު ސިންހް އަދި އެކްޓްރެސްއަށް އާލިއާ ބަޓް ހޮވިއްޖެއެވެ.
ރަންވީރުއަށް އެންމެ މޮޅު ބަތަލުގެ އެވޯޑު ލިބުނީ ފިލްމް "ޕަދްމާވަތް"ގައި އޭނާ ދައްކުވާދީފައިވާ ރޯލުންނެވެ. އަދި އާލިއާ އަށް އެންމެ މޮޅު ބަތަލާގެ އެވޯޑު ލިބުނީ ފިލްމް "ރާޒީ" ގައި އަދާކޮށްފައިވާ ރޯލުންނެވެ.
އައިފާއެވޯޑްސް 2019 ގެ އެންމެ މޮޅު ފިލްމަކަށްވެސް "ރާޒީ" ހޮވިފައިވާއިރު، އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑު ގެންދިޔައީ، ފިލްމު އަންދާދުންއިން ސްރީރާމް ރަގްވަން އެވެ.
މި އެވޯޑު ޝޯގެ ފާހަގަކޮށްލެވޭ ހާއްސަ އެވޯޑުތަކަށް ބަލާއިރު، އަލަށް ތައާރަފުވި ތަރިންތަކުގެ ތެރެއިން އެންމެ މޮޅު އެކްޓަރަކަށް ހޮވިފައިވަނީ، ފިލްމް "ދަޅަކް"އިން އިޝާން ކައްތުރަށެވެ. އަދި އަލަށް ތައާރަފްވި އެންމެ މޮޅު ބަތަލާގެ އެވޯޑު ލިބުނީ، ކެދަރުނާތުން ބަތަލާ "ސާރާ ޙާން އަށެވެ.
މީގެ އިތުރުން އެންމެ މޮޅު ސަޕޯޓިން އެކްޓަރުންގެ އެވޯޑް ފިލްމު "ޕަދްމާވަތު" އިން އަދިތީ ރާއޯ ހައިދަރީ ލިބުނިއިރު، ފިލްމު "ސަންޖޫ" އިން މި އެވޯޑު ލިބުނީ ވިކީ ކޯޝަލްއެވެ.
އައިފާ އެވޯޑްސްއިން ދާދިފަހަކުން ދޭން ފެށީ ހާއްސަ އެވޯޑް ބަތަލާ ދީޕިކާ ޕަދުކޯންއަަށް ލިބުނުއިރު، މި އެވޯޑު ލިބުނު ފިރިހެން އެކްޓަރަކީ ރަންބީރު ކަޕޫރެވެ. މި އެވޯޑަކީ ފާއިތުވި 20 އަހަރުތެރޭ އެންމެ މޮޅު ހުނަރު ދެއްކި އެކްޓަރުންނަށް ދޭ އެވޯޑެކެވެ.
މިޔުޒިކްގެ އެވޯޑުތަކަށް ބަލާއިރު، އެންމެ މޮޅު ޕްލޭ ބެކް ލަވަކިޔުންތެރިޔާގެ އެވޯޑް ހާސިލުކުރީ ހަޝްދީޕް ކޯރް، ވިބާ ސަރަފް އަދި އަރިޖިތު ސިންގްއެވެ.



