އެމްޓީސީސީ ޓަވަރުގައި ހުންނަ އެމްޓީސީސީ އޮފީސް ފަޅާލައިގެން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފިއެވެ.
ފުލުހުން ވިދާޅުވީ އެމްޓީސީސީ ޓަވަރުގައި ހުންނަ އެމްޓީސީސީގެ އޮފީސް ފަޅާލައިގެން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާކަމަށް ފުލުހުންނަށް މިއަދު ހެނދުނު ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އެމައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ މިއަދު ހެނދުނު 08:18 ގައެވެ.
80000ރ ގެ އިތުރުން އެމްޓީސީގެ ޗީފް ފައިނޭންސިން އޮފިސަރު މުހައްމަދު ހިލްމީގެ ލެޕްޓޮޕް ވެސް ވަގަށް ނަގައިފައިވަނީ، މާސްކް އަޅައިގެން އެ އޮފީހަށް ވަދެގެނެވެ. އެމްޓީސީސީގެ ޓަވަރާ ޖެހިގެން ހުރި އާރުއެންސީސީގެ ކޮންސްޓްރަކްޝަންގެ އިމާރާތުގެ ތެރެއިން ލާފައި ވަގުން އެމްޓީސީސީއަށް ވެދެފައިވާއިރު، ކެމެރާތަކަށް ވަގުން އަރާފައިވެއެވެ.
ކަށިގަނޑު ފަދަ އެއްޗެހި ބޭނުންކޮށްގެން ދޮރެއް ހަލާކު ކޮށްލައިގެން ވަގުން އެމްޓީސީސީގެ އިމާރާތައް ވަދެފައިވަނީ ރޭ މެންދަމިންއަލިވެ 03:40 ގައެވެ.
ފަހަކަށް އައިސް ފޭރުމާއި ބޮޑެތި ވައްކަންތައް ކުރުން ވަނީ އާދަޔާއި ހިލާފަށް އިތުރު ވެފައެވެ.