ޤާސިމަށް "ދިވެހި ސައިޠާން" ގެ ނަމުން އާނިޔާ މުޚާތަބުކޮށްފި!

އިސްލާމްދީނަށް ފުރައްސާރަކޮށް ވާހަކަ ދައްކާފައިވާ އާނިޔާގެ ހަމަލާއެއް ރައްޔިތުންގެ މަޖިލީޙުގެ ރައީސްއަށް އަމާޒު ކޮށްފިއެވެ.

އާނިޔާގެ ތަފާތު ޓްވީޓްގައި މަޖިލީޙުގެ ރައީސްއަށް ނިސްބަތްކޮށް މުޚާތަބު ކޮށްފައިވަނީ "ދިވެހި ސައިޠާން" ގެ ގޮތުގައެވެ.

އާނިޔާގެ ޓްވީޓްގައި ބުނެފައިވަނީ، މާދަމާއަކީ ހޯމަ ދުވަސް ކަމަށާއި، އެއީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނަންޖެހޭ ދުވަހެއް ކަމަށެވެ. އަދި މާދަމާ މަޖިލިސް ޖަލްސާއެއް އޮންނާނެ ކަމާމެދު އޭނާ ސުވާލު އުފައްދާފައިވެއެވެ.

"7 ފެބުރުވަރީ 2019 ގައި މަޖިލިސް މިއަހަރަށް ހުޅުވިފަހުން ދިވެހި ސައިޠާނުންގެ މަހުޖަނު އަދި އެންމެ ޖަލްސާއެއްވެސް ނުބާއްވާ!" އާނިޔާގެ ޓްވީޓްގައި ބުނެފައިވެއެވެ.

އާނިޔާ މިމޭރުމުން ވާހަކަ ދެއްކެވިއިރު، މަޖިލީހުގެ އިދާރާގެ ބޮޑެތި މަރާމާތުތަކެއް ކުރިއަށްދާތީ ޖަލްސާތައް މެދުކަނޑާލާފައި އޮތުމަށްފަހު މާދަމާ ޖަލްސާތައް ފައްޓަވާނެކަމަށް މަޖިލީހުން ވަނީ އާއްމުކޮށް އިއުލާން ކޮށްފައެވެ،

މިލިޔުން ކިޔާލުމުން
3
ގުޅުންހުރި ލިޔުންތައް

3 Responses

  1. Saithoonu aniya

    Aniya thi hama meeheh noon. Moya meeheh veliziney kahala. Aniyaziney kiyan v.

  2. Nan

    Dhen thibey aburuga folhi alhaagen

  3. Huwqtu

    Anga dhovebala aaniya

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ